މި މީހާ ފެންނުވަރާ 67 އަހަރު ވީ- ސަބަބު މިއޮތީ

ފެން ނުވަރާ އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. މަސައްކަތަށް ފަހުގައި ހަށިގަނޑަށް އަރާމެއް ލިއްބައިދެނީ ފެންވަރައިގެންކަން ޔަޤީނެވެ. އެހެން ނަމަވެސް މި ފަހަރު މިއީ 67 އަހަރު ވަންދެން ފެން ނުވަރާ އުޅުން މީހެ...

21 Jan 2021 | 04:53

ފެން ނުވަރާ އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. މަސައްކަތަށް ފަހުގައި ހަށިގަނޑަށް އަރާމެއް ލިއްބައިދެނީ ފެންވަރައިގެންކަން ޔަޤީނެވެ. އެހެން ނަމަވެސް މި ފަހަރު މިއީ 67 އަހަރު ވަންދެން ފެން ނުވަރާ އުޅުން މީހެއްގެ ވާހަކައެވެ.

އުމުރުން 87 އަހަރުގެ އަމޫ ހަޖީ ނަމަކަށް ކިޔާ މި މީހާ އަކީ 67 އަހަރު ވަންދެން ފެން ނުވަރާ ހުރެގެން, ދުނިޔޭގައި ހުރި އެންމެ މުޑުދާރު މީހާގެ ލަޤަބު ހޯދާފައިވާ މީހެކެވެ.

އީރާންގެ ހިސާބެއްގައި ދިރިއުޅެމުންދާ މި މީހާ އަބަދުވެސް ހުންނަނީ ގައިގައި ހިރަފުސް ހާކައިގެން ކަމުގައިވެއެވެ. އޭނާ ފެން ނުވަރާ ހުންނަ އެއް ސަބަބަކީ އޭނާ ފެން ދެކެ ބިރުގަތުން ކަމުގައި އޭނާ ބުނެފައިވެއެވެ. އަދި އޭނާ ޤަބޫލުކުރާގޮތުގައި ފެން ވަރައިފިއްޔާ އޭނާ ބަލިވާނެއެވެ.

އާންމުގޮތެއްގައި ހަޖީ ކައި ހަދަނީ މަރުވެފައި ހުންނަ ޖަނަވާރާއި އަދި ކުނިވެފައި ހުންނަ މަސް ފަދަ ތަކެތި ކަމުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް