ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް ތަޢާރަފުކޮށް، މުޅިން އާ ހަރުފަތަކަށް

ހޯޕް ޓްރެވަލްސްގެ ފަރާތުން، ގަލްފް ކްރާފްޓްގެ އެންމެ ފަހުގެ މޮޑެލް ކަމުގައިވާ 'ސިލްވަރ ކެޓް 34' ހިދުމަތަށް ނެރެފިއެވެ. މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރ...

21 Jan 2021 | 04:15

ހޯޕް ޓްރެވަލްސްގެ ފަރާތުން، ގަލްފް ކްރާފްޓްގެ އެންމެ ފަހުގެ މޮޑެލް ކަމުގައިވާ 'ސިލްވަރ ކެޓް 34' ހިދުމަތަށް ނެރެފިއެވެ.

މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އާއިޝަތު ނަހުލާއެވެ.

ކަޓަމަރާނީގެ ސީރީޒްގެ މި ލޯންޗުގައި ޖުމުލަ 27 މީހުންގެ ޖާގަ ހުންނާނެ ކަމަށް ހޯޕް ޓްރެވަލްސް އިން މައުލޫމާތުދެއެވެ. މީގެ އިތުރުން ލޯންޗްގެ އެތެރެ ތަނަވަސް ވެފައި، ދަތުރު ކޮށްލަން ރަނގަޅު މޮޑެލްއެއގެ ލޯންޗްއެއްކަން ފާހަގަކުރެވެއެވެ.

މި ލޯންޗްގެ ސީޓް ފަރުމާ ކުރެވިފައިވަނީ އެޑްޖެސްޓް ކުރެވޭ ގޮތަށެވެ. އަދި ފޯނު ޗާޖު ވެސް ކުރެވޭއިރު، މި ލޯންޗްގައި ވަނީ އެންމެ ފަހުގެ ފްލައިޓް ސީޓް އެއްކަން ފާހަގަ ކުރެވެއެވެ.

މި ކުރިއެރުމާއެކު ހޯޕް ޓްރެވަލްސް އިން ވަނީ ލެއިސަރ މާކެޓަށް އަމާޒު ހިފާފައެވެ.

2019 ޖުލައި 4ގައި ޚިދުމަތް ދޭން ފެށި ހޯޕް ޓްރެވަލްސްއިން މިހާރު ރާއްޖޭގެ 4 އަތޮޅެއްގައި ޚިދުމަތް ދެއެވެ. އެގޮތުން ހޯޕް ފެރީގެ ދަތުރުތައް ނ، ހދ، ށ، އަދި ޅ އަތޮޅުގެ 32 ރަކަށަށް ފެރީ އޮވެއެވެ.

ހޯޕް ޓްރެވަލްސް އިން މައުލޫމާޔު ދޭ ގޮތުގައި، ލޯންޗް ދަތުރުރައް ދަތުރުތައް ފެށިގެން މި ވީހާތަނަށް އެތަކެއް ކަސްޓަމަރުންނަށް ޚިދުމަތް ދެވިފައި ވާނެ ކަމަށާއި، އަމާޒަކީ ކަސްޓަމަރުން އެންމެ ހިތްއެދޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

27 މީހުންގެ ޖާގައިގެ ލޯންޗް އާއި، 50 މީހުންގެ ޖާގައިގެ ލޯންޗްގެ އިތުރުން، 60 މީހުންގެ ޖާގައިގެ ލޯންޗް ޚިދުމަތަށް ބޭނުން ކުރަމުން ދާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އަދި މިއީ އެންމެ ފަހުގެ ގަލްފް ކްރާފްޓް ލޯންޗްތައް ކަމަށްވެސް ހޯޕް ޓްރެވަލްސްއިން ފާހަގަކުރިއެވެ.

މި އަހަރު ތެރޭގައި އިތުރު ލޯންޗްތަކެއް މާކެޓަށް ނެރުމުގެ މަސައްކަތް ވެސް ހޯޕް ޓްރެވަލްސް އިން ދަނީ ކުރަމުންނެވެ.

ހޯޕް ފެރީ ޓިކެޓު ނެންގެވުމަށް: 9970249، 9970175، 9970191

ފޭސްބުކް ލިންކް: https://web.facebook.com/hopetravelsmv

ވައިބަރ ލިންކް: https://invite.viber.com/?g2=AQAcol%2FPglodzUpXKLkVXCjBhbO36XIs6tlfjpc6TnR%2FXwWdmcOzAma32mGo1FQf

https://www.youtube.com/watch?v=kD2v1vtEXrs

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް