ހަނިމާދޫން މިއަދު ޕޮޒިޓިވް ކޭސްއެއް ނުފެނޭ - 10 މީހުން ބަލިން ރަނގަޅުވި

ހދ. ހަނިމާދޫން މިއަދު ކޮވިޑުގައި ޕޮޒިޓިވް ކޭސްއެއް ނުފެންނަކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ. ސިއްހީ މަރުކަޒުން ބުނީ އެބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 10 މީހަކު މިއަދު އެބަލިނ...

20 Dec 2021 | 18:50

ހދ. ހަނިމާދޫން މިއަދު ކޮވިޑުގައި ޕޮޒިޓިވް ކޭސްއެއް ނުފެންނަކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.

ސިއްހީ މަރުކަޒުން ބުނީ އެބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 10 މީހަކު މިއަދު އެބަލިން ފަސޭހަވެފައިވާ ކަަމށެވެ. މިއާއކރު ބަލިން ރަނގަޅުވި މީހުގެ އަދަދު 17 އަށް އަރާފައިވާ ކަމަށް ވެސް ބުންޏެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ ޑިސެމްބަރ 19 ވަނަ ދުވަހު ނެގި 56 ސާމްޕަލުގެ ތެރެއިން 55 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލް އިންކޮންކްލޫސިވް ވެފައިވާ ކަމަށެވެ. އެދުވަހު ނަގާފައިވަނީ ރެންޑަމް 15 ސާމްޕަލާއި ޑައިރެކްޓް ކޮންޓެކްޓް 34 ސާމްޕަލާއި ޑިޕާރޗަރ 4 ސާމްޕަލެވެ. އަދި ފްލޫ ކްލިނިކުން 3 ތިން ސާމްޕަލު ވެސް ނަގާފައިވާ ކަަމަށް ބުންޏެވެ.

މި ކްލަސްޓަރ އާއި ގުޅިގެން މިހާތަނަށް 149 ރެންޑަމް ސާމްޕަލް ވަނީ ނަގާފަ އެވެ. މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 45 ފަރާތެއް އެބަތިއްބެވެ.

އެޗްޕީއޭއިން މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައިވާ އިރު، ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ.

އޭގެފަހުން މިއަދާއި ހަމައަށް ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް