މިދިޔަ ބުރާސްފަތި ދުވަހު ފިލިޕިންސްގެ ގޮނޑުދޮށް ސަރަހައްދަށް އެރި ތޫފާން "ރައި"ގަ މަރުވި މީހުންގެ އަދަދު350ން މައްޗަށް އަރައިފި އެވެ.
މި ތޫފާނަކީ ފިލިޕިންސްއަށް މިއަހަރު ތެރޭގައި އެރި އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނު އެރި ވަގުތު 195 މޭލު ބާރު މިނުގައި ވައިޖެހިފަވެ އެވެ.
ފިލިޕިންސްގެ ކަމާ ބެހޭ އިދާރާތަކުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް375 މީހަކު މަރުވެފައިވެ އެވެ.500 މީހުންނަށް އަނިޔާވެފައިވާއިރު އަދިވެސް މައުލޫމާތު އެނގޭ56 މީހަކު ނުފެންނަ ކަމަށްވެ އެވެ.
މި ތޫފާނާއި އެކުހަތަރު ލައްކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހިގެން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހުނެވެ. މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވާ ޓީމުތަކުން ވަނީ އެމީހުންނަށް ފެނުނީ ހިތަށްވެސް ނުގެނެވޭހާ ހިތްދަތި މަންޒަރުތަކެއް ކަމަށް ބުނެފަ އެވެ.
މި ތޫފާން އަރާފައިވާ ފިލިޕިންސްގެ އިރު ދެކުނުގެ ސަރަހައްދުތަކުން ކަރަންޓާއި އިންޓަނެޓް އަދި ފޯނުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. އަދި ފެނުގެ ހިދުމަތް ލިބެނީވެސް ވަރަށް ކުޑަކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް