ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި އެވެ. އެމަނިކުފާނު އަވަހާރަވީ މިއަދު މެންދުރު2:02 ގައި ކޯވިޑް...

20 Dec 2021 | 17:26

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި އެވެ.

އެމަނިކުފާނު އަވަހާރަވީ މިއަދު މެންދުރު2:02 ގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެވެ.

އުމަރު ޒާހިރުގެ ކަށު ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދަށް ފަހު އެވެ. އަދި ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައި އެވެ.

އުމަރު ޒާހިރަކީ ދައުލަތަށް50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ2008 ވަނަ އަހަރާއި ހަމައަށް ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުކަން ކުރައްވާފަ އެވެ.

އުމަރު ޒާހިރަކީ ހުޅުމާލެ އާއި ތިލަފުށި ހިއްކުމުގެ އެއް މޭސްތިރި އެވެ. މިފަދަ ރާއްޖޭގެ ތަރައްގީއާއި ގުޅިފައިވާ އެތައް މަޝްރޫއުތަކަކީ އެ ދާއިރާއަކާއި ގުޅުން ހުރި މިނިސްޓްރީއެއްގެ ވެރިއަކަށް އުމަރު ޒާހިރު ހުންނަވައިގެން ހިންގަވާފައިވާ މަޝްރޫއުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް