އިންތިޒާރުގެ ނިމުން އަންނަނީ - ކަޒްމިކްގެ ވެބް ސީރީޒް "ދަރަކަ"އިގެ ޓީޒަރ ދައްކާލައިފި

ކަޒްމިކް އިންޓަނޭޝަނަލް އިން އުފައްދާ ވެބް ސީރީޒް ”ދަރަކަ“ ގެ ޓީޒަރ ޓްރެއިލަރ ދައްކާލައިފި އެވެ. ކްރައިމް ތުރިލަރ އެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ސީރީޒަކީ އަށް އެޕިސޯޑުގެ ސީރީޒެކެވެ. މި ސީރީޒް ލި...

20 Dec 2021 | 17:06

ކަޒްމިކް އިންޓަނޭޝަނަލް އިން އުފައްދާ ވެބް ސީރީޒް ”ދަރަކަ“ ގެ ޓީޒަރ ޓްރެއިލަރ ދައްކާލައިފި އެވެ.

ކްރައިމް ތުރިލަރ އެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ސީރީޒަކީ އަށް އެޕިސޯޑުގެ ސީރީޒެކެވެ. މި ސީރީޒް ލިޔެ، ޑައިރެކްޓް ކޮށްފައިވަނީ އަޒްހާން އިބްރާހިމް އެވެ.

މި ސީރީޒްގެ ޝޫޓިންގ އެއްކޮށް މިހާރަުނިމިފައިވާ އިރު، މި ސީރީޒުން ގިނަ މޫނުތަކެއް ފެނިުގެންދާނެ އެވެ.

އޭގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، އިފްނާޒް ފިރާޤް، ވާޝިޔާ، ޢާއިޝަތު ޢަލީ، ދޮނާ، އަފްރާހް ހިމެނެ އެވެ. އަދި ވެބް ސީރީޒް ”ގަމިނި“ އިން ބެލުންތެރިންނަށް ފާހަގަކުރެވުނު ކުޅަދާނަ ތަރި ސޫޒަން ވެސް ވަރަށް ފާހަގަކޮށްލެވޭ ރޯލަކުން ފެނިގެން ދެއެވެ.

ޓީޒަރ އިން ފެންނަގޮތުގައި ސޫޒަން އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ރޯލުންކަން ދައްކަ އެވެ.

https://www.instagram.com/p/CXq4vjXpRPS/?utm_source=ig_embed&utm_campaign=embed_video_watch_again

ކަޒްމިކް އިންޓަރނޭޝަނަލުން މީގެ ކުރިން ވަނީ އައި ފިލްމްސްއާއި ގުޅިގެން ”މަޒްލޫމް“ ގެ ނަމުގައި އެންތޮލޮޖީ ސީރީޒެއް ވެސް ގެނެސްދީފަ އެވެ. އެ ސީރީޒްގެ 3 ބައި މިހައިތަނަށް ގެނެސްދީފައިވާއިރު، އެ ސީރީޒުން ވެސް ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ތަޢާރަފްކޮށްދީފައިވާކަން ފާހަގަކޮށްލެވެ އެވެ.

ކަޒްމިކް އިންޓަރނޭޝަނަލުން ބުނީ "ދަރަކަ" ސީރީޒް ސްޓްރީމް ކުރާނެ ފަރާތެއް ހޯދަމުން އަންނަކަމަށާއި ޝައުޤުވެރިވާ ފަރާތްތަކުން 7775677 މި ނަންބަރާއި ގުޅައިގެން ކުރިއަށް ގެންދިޔުމަށް ވަނީ އެއދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް