ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ ރާއްޖެ ބިނާ ކުރުމުގެ ހިއްސާދާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އުމަރު ޒާހިރު މިއަދު އަވަހާރަވީ ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. އުމުރުން85 އަހަރުފުޅުގައި އުމަރު ޒާހިރު އަވަހާރަވިއިރު އެމަނިކުފާނު ވަނީ ދިވެހި ދައުލަތަށް50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ކަންކަމުގައި ވެސް އުމަރު ޒާހިރުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ނަޝީދުގެ ޓުވީޓުގައި އުމަރު ޒާހިރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުއާ ކުރައްވާފައވެ އެވެ.
https://twitter.com/MohamedNasheed/status/1472906144247017472
ނަޝީދުގެ އިތުރުން ސިޔާސީ ދާއިރާ އާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވާ ގިނަ ބޭފުޅުންތަކެއް ދަނީ އުމަރު ޒާހިރުގެ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ހަނދާން އާކުރަމުންނެވެ.
އުމަރު ޒާހިރު ފަސްތާނުލާފައިވަނީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް