އުމަރު ޒާހިރަކީ ގައުމީ ހަޒާނާއެއް: މައުމޫން

މިއަދު އަވަހާރަވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރަކީ ގައުމީ ހަޒާނާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވީ ކޯވިޑް ބައްޔަށް ފަރުވާ ހޯއްދަވަމުން ގެން...

20 Dec 2021 | 16:11

މިއަދު އަވަހާރަވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރަކީ ގައުމީ ހަޒާނާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އަވަހާރަވީ ކޯވިޑް ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރު އެވެ. ފަސްތާނުލައްވާފައި ވަނީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާގައި އެވެ.

އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މައުމޫން ވިދާޅުވީ އުމަރު ޒާހިރަކީ އެފަދަ ދެވަނައެއް ނެތް ހިދުމަތްތެރިއެއް ކަމަށެވެ. އަދި އެއީ ގައުމީ ހަޒާނާއެއް އަދި ހަގީގީ ލެޖެންޑެއް ކަމަށް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ މިދިޔަ50 އަހަރު އެމަނިކުފާނު ކޮށްދެއްވި ހިދުމަތަކީ ދިވެހި ތާރީހުން ދުވަހަކުވެސް ފޮހެވިގެންދާނެ ހިދުމަތްތަކެއް ނޫން ކަމަށެވެ.

https://twitter.com/maumoonagayoom/status/1472905049575542788

އުމަރު ޒާހިރު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނަށް ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ޝަރަފު އަރުވާފަ އެވެ.

އުމުރުފުޅުން85 އަހަރުގައި އުމަރު ޒާހިރު އަވާހަވިއިރު ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް