ގައްދޫ ކައުންސިލްގެ ރައީސްގެ މައްޗަށް ކުށް ސާބިތެއް ނުވި

ޖަލަށް ލާފައި ހުއްޓާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވި މުހައްމަދު އަހުމަދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރުމާއެކު، އ...

20 Dec 2021 | 15:48

ޖަލަށް ލާފައި ހުއްޓާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވި މުހައްމަދު އަހުމަދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރުމާއެކު، އޭނާ އިއްޔެ މިނިވަން ވެއްޖެއެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް ދައުލަތުން އުފުލީ، ސޯޝަލް މީޑިއާގެ އެޕްލިކޭޝަނެއް މެދުވެރިކޮށް ކުޑަކުއްޖަކަށް އޮރިޔާން މަންޒަރު ދެއްކި މައްސަލައިގެ ދައުވާ އެވެ.

ނަމަވެސް ގައްދޫ ކޯޓުން އިއްޔެ ކުރި ހުކުމުގައި އޮތީ، ސޯޝަލް މީޑިއާ އެކައުންޓަކީ ދައުވާ ލިބޭ މީހާ ބޭނުންކުރާ އެކައުންޓެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތު ކޮށް ނުދެވޭ ކަމުގައެވެ. އެހެންކަމުން ގައްދޫ ކޯޓުން އިއްޔެ ކުރި ހުކުމާއެކު އޭނާ މިނިވަންވެ މިއަދު ވަނީ އަލުން އޮފީހަށް ނިކުމެ ވަޑައިގެން ގައްދޫ ކައުންސިލްގެ ރައީސްގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް، ގައްދޫ ކައުންސިލުގެ ރައީސް ކަމަށް މުހައްމަދު އަހުމަދު އިންތިހާބު ކުރީ ޖަލު ބަންދުގައި ހުއްޓައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް