ކުރީގެ މިނިސްޓަރު އަދި ދިވެހި ދައުލަތަށް ގިނަ ދުހަު ހިދުމަތް ކުރައްވާފައިވާ މަރުހޫމް އުމަރު ޒާހިރުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމަނިކުފާނު އަވަހާރަވީ ކޯވިޑަށް ފަރުވާ ހޯއްދަވަނިކޮށް މިއަދު މެންދުރު2:02 ގައި އެވެ.
ކުރިން އުމަރު ޒާހިރުގެ މައްޗަށް ކުރެވޭ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައި އޮތީ ހުޅުމާލޭގެައި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.
އުމުރުން ފުޅުން85 އަހަރުގެ އުމަރު ޒާހިރު ވަނީ ދައުލަތަށް50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް