ޓީ ޖެޓީ މައްސަލައިގަ އެމްޕީއެލް ގޮވައިގެން ސިޓީ ކައުންސިލް ކޯޓަށް ދަނީ

ޓީ ޖެޓީ ހަވާލު ނުކުރުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގޮވައިގެން ކޯޓަށް ދާން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. ޓީ ޖެޓީ އެމްޕީއެލްއާއި ހަވާލު ކުރި މުއްދަތު މިމަހުގެ12 ވަނަ ދުވަހު ހަމަ...

20 Dec 2021 | 13:19

ޓީ ޖެޓީ ހަވާލު ނުކުރުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގޮވައިގެން ކޯޓަށް ދާން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ޓީ ޖެޓީ އެމްޕީއެލްއާއި ހަވާލު ކުރި މުއްދަތު މިމަހުގެ12 ވަނަ ދުވަހު ހަމަވެފައިވާ ކަމަށް ބުނެ ސިޓީ ކައުންސިލުން ވަނީ މިދިޔަ އާދިއްތަ ދުވަހަށް އެތަން ހުސް ކުރަން އަންގާފަ އެވެ. އެކަމަކު އެމްޕީއެލްއިން އެ އެންގުމަށް އަމަލު ކޮށްފައި ނުވާތީ ސިޓީ ކައުންސިލުން މިއަދު ޓި ޖެޓީ އާ ހަވާން އެތަނަށް ގޮސްފަ އެވެ.

އެކަމަކު އެމްޕީއެލްއިން ވަނީ އެމީހުންނާއި ބައްދަލުު ކުރަން ދެކޮޅު ހަދައި ތަން ހަވާލު ނުކުރާނެ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގަ އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެމްޕީއެލުން ޓީޖެޓީ ހިންގުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން އިއުތިރާޒު ނުކުރާ ކަމަށެވެ. އެކަމަކު މާލޭގެ ރައްޔިތުންނަށް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް މާލޭގެ އެއްވެސް ބިމެއް ދޫވެގެން ދިއުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލަ ކޯޓަށް ވައްދަނީ މާލޭ ރައްޔިތުންނަށް އެމީހުންގެ ހައްގު ހޯދައި ދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަށް ވާންޖެހޭ ތައްޔާރީތައްވެސް ނިމިފައިވާ ކަމަށެވެ.

އެމްޕީއެލްއިން ބުނަމުންދަނީ އެ ކުންފުންޏާއި ޓީ ޖެޓީ ހަވާލު ކުރީ2015ވަނަ އަހަރު އޭރުގެ ހައުސިން މިނިސްޓްރީން ކަމަށެވެ. އަދި ހަވާލު ކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށް ބުނެ އެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ބާރުގެ ދަށުން ޖެޓީ ނެގުމުގެ ބާރު އޮތީ ހަމައެކަނި ހައުސިން މިނިސްޓްރީއަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް