އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެން މަތިވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ކ. އއ. އދ. އަދި ވ އަތޮޅު ހިމެނޭ މެދު ރާއްޖެތެރޭ ރަށެއްގައި އެވެ. އެ މައްސަލަ ހުށަހަ...

20 Dec 2020 | 17:25

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެން މަތިވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ކ. އއ. އދ. އަދި ވ އަތޮޅު ހިމެނޭ މެދު ރާއްޖެތެރޭ ރަށެއްގައި އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަނަށް މި މަހުގެ 17 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނެ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ ކުޑަކުދިންގެ ރައްކާތެރިކަމަށް ބަލައި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރާއި އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް