ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. އެ މިނިސްޓްރީން ބުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަ...

20 Dec 2020 | 13:40

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގައި ޤާއިމުކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ އެކްޝަން ޕްލޭންތައް ބޭނުންޖެހިއްޖެ ޙާލަތެއްގައި ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުމަށް އެދޭ ކަމަށެވެ.

ޚާއްސަކޮށް ފަތުރުވެރިންނާއި މުވައްޒަފުން މޫދުގައި އުޅޭ އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް ޓޫރިޒަމް މިނިސްޓްރީން މިއަދުވަނީ ޓޫރިސްޓް ޚިދުމަތްދޭ ހުރިހާ ތަންތަނަށް ސަރކިއުލަރއެއް ފޮނުވާފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން އެކަށައަޅާފައިވާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ތަފާތު ގޮންޖެހުންތަކާއި އެކުވެސް ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަރުވާ އާރޯކުރުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތަށާއި ދެއްވާ އެއްބާރުލުމަށް އެ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް