މާލެ އާއި އަތޮޅުތެރޭގެ ގިނަ ސްކޫލުތަކަކަށް ދިވެހި މުދައްރިސުން ހޯދަން އިޢުލާންކޮށްފި

މާލެ އާއި އަތޮޅުތެރޭގެ ގިނަ ސްކޫލުތަކަކަށް ދިވެހި ޓީޗަރުން ހޯދަން އިޢުލާންކޮށްފި އެވެ. ބިދޭސީ ޓިޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދުމަށް މާލޭގެ ތިން ސްކޫލެއް ހިމެނޭ ގޮތަށް 18 ސްކޫލަކުން ވަނީ އިއުލ...

20 Dec 2020 | 13:13

މާލެ އާއި އަތޮޅުތެރޭގެ ގިނަ ސްކޫލުތަކަކަށް ދިވެހި ޓީޗަރުން ހޯދަން އިޢުލާންކޮށްފި އެވެ.

ބިދޭސީ ޓިޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދުމަށް މާލޭގެ ތިން ސްކޫލެއް ހިމެނޭ ގޮތަށް 18 ސްކޫލަކުން ވަނީ އިއުލާންކޮށްފަ އެވެ.

މިކަމަށް ކުރިމަތިލާ ޓީޗަރުންނަށް 7،070 ރުފިޔާ އާއި 10،640 ރުފިޔާގެ މުސާރައެއް ލިބެ އެވެ. އަދި އިތުރު އެލެވެންސްތައް ދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ބިދޭސީ ޓީޗަރުންގެ ބަދަލުގައި ކުރިމަތިލާ ދިވެހި ޓީޗަރުންގެ އަތުގައި ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ނުވައެއްގެ ސަނަދެއް އޮންނަން ޖެހޭ ކަމަށް ވެސް އިޢުލާނުގައި ވަނީ ބުނެފަ އެެވެ.

ކޮވިޑް-19 ގެ ބަލިމަޑު ކަމާގުޅިގެން މާލޭގެ ސްކޫލުތައް ބަންދުކުރުމަށް ފަހު، ކިޔަވައިދެމުން ގެންދަނީ ޓެލެކްލާސްތައް މެދުވެރިކޮށެވެ. ނަމަވެސް އަތޮޅުތެރޭގެ ސްކޫލްތައް ވަނީ ތިން މަހަށްފަހު އަލުން ކިޔަވައިދޭން ފަށާފައެވެ.

މިކަމުގެ ސަބަބުން ފުރަތަމަ ޓާމުގެ ކިޔެވުމުގެ ބޮޑުބައި ދަރިވަރުންނަށް ފުރިހަމަވެފައިނުވާތީ، ދެވަނަ ޓާމްގެ ކިޔެވުން އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.އަދި އަންނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް އަންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ އަދަދު މަދުކޮށް، ދިވެހި ޓީޗަރުން ނެރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، ކުރީ އަހަރުތަކާ އަޅާ ބަލާއިރު، މިދިޔަ އަހަރާއި މިއަހަރު ރާއްޖޭގެ ސްކޫލުތަކުގައި ބިދޭސީން ޓީޗަރުންގެ އަދަދު މަދުކަން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް