އުރީދޫއިން މާލޭގެ ބޮޑު ޞަރަޙައްދަކަށް 5 ޖީ ނެޓްވޯރކް ތަޢާރަފުކޮށްފިއެވެ.
މިއަދު ހަވީރު 4:30 ގައި އުރީދޫއިން ބޭއްވި ޙަފުލާއެއްގައި 5 ޖީ ނެޓްވޯރކް ތަޢާރަފުކޮށްދެއްވާފައިވަނީ އެކޮނޮމިކް ޑިވިލޮޕްމެންޓް މިނިސްޓަރ އަލްފާޟިލް ފައްޔާޒް އިސްމާއިލް އެވެ.
މިއަދުން ފެށިގެން މާލޭގެ ބޮޑު ޞަރަޙައްދަކަށް 5 ޖީ ނެޓްވޯރކް ލިބިގެންދާއިރުގައި މިއީ ޢާންމު ގޭބިސީތަކަށާއި, ސަރުކާރު އޮފީސްތަކަށާއި, ބިޒްނަސްތަކަށާއި އަދި މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އުރީދޫއިން ބުނެފައިވެއެވެ.
5 ޖީ ނެޓްވޯރކް ތަޢާރަފު ކުރުމުގެ ޙަފުލާގައި ފާހަގަކޮށްފައިވަނީ މިއީ 4 ޖީ ނެޓްވޯރކްގެ 100 ގުނައަށް އިންޓަރނެޓް ސްޕީޑް ހަލުވި ނެޓްވޯރކްއެއް ކަމަށެވެ.
އެހެންކަމުން މިއީ ވަރޗުއަލް ގޭމް އިންޑަސްޓްރީއަށާއި އަދި ގޭމް ކުޅުއްވާ ބޭފުޅުންނަށް ވަރަށްވެސް އުފާވެރި ޚަބަރަކަށް ވާނެ ކަމުގައިވެސް އުރީދޫއިން ބުނެފައިވެއެވެ.
މިގެ އިތުރުން މިއީ ޞިއްޚީ ޚިދުމަތްދޭ ތަންތަނަށާއި, ތަޢުލީމީ ޚިދުމަތްދޭ ތަންތަނަށާއި އަދި ޢާންމުންނަށްވެސް އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ފަސޭހައެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް