މޯލްޑިވްސް މެރިން އެކްސްޕޯ 2020 ވާޗުއަލްކޮށް ފަށައިފި

މޯލްޑިވްސް މެރިން އެކްސްޕޯ 2020 ވާޗުއަލްކޮށް ފަށައިފި އެވެ. މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ރާއްޖޭގައި ބާއްވާ ކަނޑު އުޅަނދު ފަހަރުގެ އެންމެ ބޮޑު އެކ...

20 Dec 2020 | 10:36

މޯލްޑިވްސް މެރިން އެކްސްޕޯ 2020 ވާޗުއަލްކޮށް ފަށައިފި އެވެ.

މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ރާއްޖޭގައި ބާއްވާ ކަނޑު އުޅަނދު ފަހަރުގެ އެންމެ ބޮޑު އެކްސްޕޯ، މޯލްޑިވްސް މެރިން އެކްސްޕޯ ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

މިއީ މި އެކްސްޕޯ ބާއްވާ ހަ ވަނަ އަހަރެވެ. މި އަހަރުގެ އެކްސްޕޯގައި އަށް އެކްޒިބިޓަރުން ބައިވެރިވެފައިވެ އެވެ.

މި އެކްސްޕޯ ކުރިޔަށްދާ މުއްދަތުގައި ނެޓްވޯކް ޒޯންގެ ދަށުން އެކްސްޕޯގެ ބައިވެރިންނަށް އޮންލައިންކޮށް ގުޅުން ބަދަހި ކުރެވޭނެ އެވެ. އެކްސްޕޯ ހޯލަށް ދިއުމުން އާންމުންނަށް މި އެކްސްޕޯގެ ބައިވެރިންނާ ގުޅޭ މުހިއްމު މައުލޫމާތު ލިބި ވީޑިއޯ ޗެޓް މެދުވެރިކޮށް އެކްޒިބިޓަރުންނާ މުއާމަލާތް ކުރެވޭނެ އެވެ.

މި އެކްޒިބިޝަންގައި މައިގަނޑު ތިން ކަމެއް ކުރިއަށް ގެންދާނެ އެވެ. އެއީ އޮޑިޓޯރިއަމް، ނެޓްވޯކް ޒޯން އަދި އެކްސްޕޯ ހޯލްގެ ނަމުގައި ހިންގާ ހަރަކާތެވެ.

އޮޑިޓޯރިއަމް ހަރަކާތުގައި، އިންޑަސްޓްރީގައި މަސައްކަތްކުރާ އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުން ބާއްވާ ހާއްސަ ވެބިނާތައް ވެސް އޮންނާނެ އެވެ. މި ވެބިނާތަކުގައި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކާއި ޑައިވިން އާއި އޭވިއޭޝަން ދާއިރާ އާއި މާކެޓިން ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުން ބައިވެރިވެވަޑައގެންނަވާނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެބިނާތައް ކުރިއަށް ގެންދާނީ ރާއްޖޭގެ މޫދުގެ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް