ބުރުންޑީގެ ކުރީގެ ރައީސް ކޮވިޑު ޖެހިގެން އުމުރުން 71 އަހަރުގައި އަވަހާރަވެއްޖެ

ބުރުންޑީގެ ކުރީގެ ރައީސް، ޕޭރީ ބުޔޯޔާ ކޮވިޑު ޖެހިގެން އުމުރުން 71 އަހަރުގެ އަވަހާރަވެއްޖެ އެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ އަވަހާރަވީ ކޮވިޑް ޖެހިގެން ފްރާންސްގެ ޕެރިހަށް ފަރުވާ ހޯއްދެވުމަށް ދަތުރުކ...

20 Dec 2020 | 10:26

ބުރުންޑީގެ ކުރީގެ ރައީސް، ޕޭރީ ބުޔޯޔާ ކޮވިޑު ޖެހިގެން އުމުރުން 71 އަހަރުގެ އަވަހާރަވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އޭނާ އަވަހާރަވީ ކޮވިޑް ޖެހިގެން ފްރާންސްގެ ޕެރިހަށް ފަރުވާ ހޯއްދެވުމަށް ދަތުރުކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.

އެފްރިކަން ޔޫނިއަން އިން މާލީ އާއި ސަހޭލްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ކަމުން މީގެ ހަފްތާއެއް ކުރިން އޭނާ ވަނި އިސްތިއުފާ ދެއްވާފަ އެވެ.

ބުރުންޑީގައި ޑިމޮކްރަސީ ގާއިމްކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް