ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން "ޕިކްޕޯސްޓް" ގެ ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލްގައި ރަސްމީކޮށް ޕިކްޕޯސްޓު ސްޓޭޝަން ހުޅުވައިދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. މިއީ މާލޭގައި ޕޯސްޓް އޮފީހުން ހުޅުވި ހަތަރު ވަނަ ޕިކްޕޯސްޓު ސްޓޭޝަނެވެ.
މޯލްޑިވްސް ޕޯސްޓް އިން ބުނިގޮތުގައި ޕިކްޕޯސްޓުގެ ހިދުމަތަކީ ރައްކާތެރިކަމާއި އިތުބާރާއެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެއް ކަމަށެވެ. ޕިކްޕޯސްޓުގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ރާއްޖެއަށް ވަންނަ މެއިލްގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަން ކަމަށް ޕޯސްޓުން ބުންޏެވެ.
ގިނަ ރައްޔިތުންގެ ޕޯސްޓުގެ ހިދުމަތް ބޭނުންކުރާތީ އާންމުންގެ ބޭނުމާ އެއްގޮތަށް ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ޕިކްޕޯސްޓުގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ގްރޭޓާ މާލޭ ޓާމިނަލްގެ އިތުރުން ދެން ޕިކްޕޯސްޓު ސްޓޭޝަން ހުންނާނީ ވެލާނާގެ އާއި ޕޯސްޓް އޮފީސްގެ އިތުރުން ހުޅުމާލޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް