"ސާފު ހުޅުމާލެ" ޕްރޮގްރާމްގައި ދެ ގަޑިއިރު ތެރޭގައި 18 ޓަނުގެ ކުނި ނަގައިފި

ހުޅުމާލޭގައި އިއްޔެ ކުރިޔަށް ގެންދިޔަ "ސާފު ހުޅުމާލެ" ޕްރޮގްރާމްގައި 18 ޓަނުގެ ކުނި ނަގައިފި އެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ހުޅުމާލެ ސާފު ކުރުން ކުރިޔ...

20 Dec 2020 | 07:56

ހުޅުމާލޭގައި އިއްޔެ ކުރިޔަށް ގެންދިޔަ "ސާފު ހުޅުމާލެ" ޕްރޮގްރާމްގައި 18 ޓަނުގެ ކުނި ނަގައިފި އެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ހުޅުމާލެ ސާފު ކުރުން ކުރިޔަށް ގެންދިޔައީ އިއްޔެ ހަވީރު 4:00 ން 6:00 އަށެވެ.

އެޗްޑީސީން ބުނީ އެ ޕްރޮގްރާމްގައި 18 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ހުޅުމާލޭގެ 40 ސަރަހައްދެއް ސާފުކޮށްފައި ނެގި ކުނި ކަމަށް ބުނެ އެވެ.

އިއްޔެ ނަގާފައިވާ ކުނީގެ ތެރޭގައި ގިނައީ ޕްލާސްޓިކާއި ޑިސްޕޮސަބްލް ތަށި ފަދަ ތަކެއްޗެވެ.

ގިނަ އަދަދެއްގެ ކުނި ހުޅުމާލޭ އެކި ސަރަހައްދުތަކުން ނެގި އިރު ހުޅުމާލޭގައިި އެކި ސަރަހައްދުތަުގައި ކުނި އަޅަން ޑަސްޓްބިން ބަހައްޓާފައި ހުރެ އެވެ. އަދި ޕްލާސްޓިކު ފުޅިއަށް ހާސްކޮށް ޕާލޭ އާއި ގުޅިގެން ޕްލާސްޓިކަށް ހާއްސަ ޑަސްޓްބިން ތަކެއް ބަހައްޓާފައި ހުރެ އެވެ.

އެޗްޑީސީން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް