ހަށިގަނޑުން ބަރުދަން ލުއި ކުރުމަކީ ވެސް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެކެވެ. އެގޮތުން ކުރަން ޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި ހިތުހުރިހާ ގޮތަކަށް ކެއުމުން ދުރުވާން ޖެހެއެވެ. ހަށިގަނޑަށް ފައިދާ ހުރި މޭވާގެ ބާވަތްތައް ކެއުމާއި އެކު ބަރާބަރަށް ކަސްރަތު ކުރަން ވެސް ޖެހޭނެއެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ބަރުދަން ލުއިކުރުމަށް އެންމެ ބޮޑަށް އެހީވެދޭ ކަމަކީ ރަނގަޅަށް ނިދުމެވެ. ނިދި ހަމަ ކުރުމަކީ، ބަރުދަން ލުއި ކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ނިދުމުގެ ތެރެއިން، އިންސާނާގެ ހަށިގަނޑުން "އިތުރު ކިލޯތައް"ދުއްވާލަން އެހީތެރިވެދޭ ކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
ސިއްޚީ މާހިރުން ކޮށްފައިވާ ބައެއް ދިރާސާތަކުގައި ވާ ގޮތުގައި ނިދުމުގެ ތެރެއިން، ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭނެ ބައެއް ކަންތައްތަކުގެ ތެރޭގައި ނިދާ ވަގުތު ފޯނުގެ އަލި މޫނަށް އެޅުނަ ނުދިނުން ހިމެނެއެވެ. ސަބަބެއް ކަމުގައި ވަނީ ފޯނުގެ އަލި މޫނަށް އެޅޭނަމަ އެކަމުގެ ސަބަބުން އަރާމު ނިންޖަކަށް ހުރަސް އަޅާނެ ތީއެވެ. އެގޮތުން ހުދު އަލީގެ އިތުރުން ނޫކުލައިގެ އައްޔަކީވެސް ހަމަ ނިންޖަށް ހުރަސްއަޅާ އެއްޗެއްކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
ސިއްހީ މާހިރުން ލަފާދޭ ގޮތުގައި އަނދިރީގައި ނިދުމަކީ މެޓަބޮލިޒަމްއަށް، އެކަމުގެ އެދެވޭ އަސަރުތައް ކުރާ ކަމެކެވެ. އެހެންކަމުން، ތިބާ އަކީ އަލިގަދަކޮށްލައިގެން ނިދާ މީހަކަށްވާނަމަ، އެ އާދަ ބަދަލު ކޮށްލާށެވެ.
ދެން އޮތް ކަމަކީ ކުދި ކުދި ނެޕް ނުނެގުމެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފަސްވަރަކަށް ގަޑިއިރަށް ނިދުމަކީވެސް ހަށިގަނޑު ބަރުހެލިވެ، ފަލަވެދާނެ ކަމެކެވެ. އެހެން ކަމުން ކިމަކަށް ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް