ރޮނާލްޑޯގެ ދެ ގޯލާއި އެކު ޔުވެންޓަސްއަށް މުހިންމު މޮޅެއް

އިޓާލިއަންް ލީގުގައި ރޭ ޕާމާއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ޗެމްޕިއަން ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސް ރޭ ރަށުން ބޭރުގައި ޕާމާ އަތުން މޮޅުވީ 0-4 ގެ ނަތީޖާއިންނެވެ. ޔޫވެންޓަ...

20 Dec 2020 | 06:51

އިޓާލިއަންް ލީގުގައި ރޭ ޕާމާއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ޗެމްޕިއަން ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ.

ޔުވެންޓަސް ރޭ ރަށުން ބޭރުގައި ޕާމާ އަތުން މޮޅުވީ 0-4 ގެ ނަތީޖާއިންނެވެ.

ޔޫވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ފޯވާޑް ޑެޔަން ކުލުސެވްސްކީ އެވެ. އޭގެ ތިން މިނެޓު ފަހުން ރޮނާލްޑޯ ބޮލުން ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާ ކުރިއެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ޔުވެންޓަސްއިން ނިންމާލިއިރު، ޔުވެންޓަސްގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ. މިއީ މި ފަހަރުގެ ލީގުގައި ރޮނާލްޑޯ ޔުވެސްޓަސްއަށް ކާމިޔާބު ކޮށްދިން 12 ވަނަ ލަނޑެވެ. ޔުވެންޓަސްގެ ފަހު ލަނޑު ފެޑެރިކޯ ބާނަޑެސްކީ ނަގައިދިން ހުރަހަކުން 85 ވަނަ މިނެޓުގައި ބޮލުން ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ.

ރޭގެ ލަނޑުތަކާއި އެކު ރޮނާލްޑޯ މިވަގުތު އޮތީ ލަނޑު ލިސްޓުގެ އެންމެ ކުރީގައެވެ. މި ލިސްޓުގެ ދެ ވަނައިގައި އޮތީ 10 ލަނޑު ޖަހާފައިވާ އިންޓަ މިލާނުގެ ރޮމެލޫ ލުކާކޫ އާއި އޭސީ މިލާނުގެ ޒަލަޓަން އިބްރަހިމޮވިޗެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް އިން ވަނީ 27 ޕޮއިންޓް ހަމަކޮށް ދެ ވަނައިގައި އޮތް އިންޓަ މިލާނާ އެއްވަރުކޮށްފަ އެވެ. އެކަމަކު ޔުވެންޓަސް ތިން ވަނައިގައި އޮތީ މިލާން އާއި އިންޓަ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް