އިންޑިޔާގެ އަންހެންކުއްޖަކު 46 ވައްތަރެއްގެ ކެއުމެއް 58 މިނެޓުން ތައްޔާރުކޮށްގެން ޔުނިކޯ ބުކް އޮފް ވޯރލްޑް ރެކޯރޑުން މިދިޔަ އަންގާރަ ދުވަހު ޖާގަ ހޯދައިފިއެވެ.
"އަހަރެން ކައްކަން ދަސްކުރީ އަހަރެންގެ މަންމަގެ ފަރާތުން. އަހަރެން ވަރަށް އުފާވޭ މިހާ ހިސާބަށް އާދެވުމުން." ލަކްޝްމީ ބުނެފައިވެއެވެ.
ލަކްޝްމީގެ މަންމަ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ފުރަތަމަ ކައްކަން ފެށީ ލޮކްޑައުންގައެވެ. އަދި ލަކްޝްމީ އެކަމަށް ކުޅަދާނަ މިންވަރު ފެނުމުން ލަކްޝްމީގެ ބައްޕަގެ ޚިޔާލަކަށް ދުނިޔޭގެ ރެކޯރޑްއަށް ވާދަކުރީކަމުގައެވެ.
އެގޮތުން ބަދިގޭގައި ކައްކަން އުޅުމުގައި ލަކްޝްމީ ކެއްކުމަށް ހުންނަ ފޯރީގެ ވާހަކަ ފިރިމީހާ ގާތުގައި ބުނުމުން އޭނާ އެކަމާ ގުޅިގެން ވަރަށް ރިސާރޗްކުރިކަމަށެވެ.
އެހެން ހޯދަނިކޮށް އުމުރުން 10 އަހަރުގެ ސާންވީ ނަމަކަށް ކިޔާ ކެރެލާގެ އަންހެން ކުއްޖަކު 30 ވައްތަރެއްގެ ކެއުމެއް ކެއްކި ވާހަކަ ފެނުމުން, އެ ރެކޯރޑް މުގުރަން ލަކްޝްމީގެ ބައްޕަ ބޭނުންވީ ކަމުގައިވެސް ލަކްޝްމީގެ މަންމަ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް