ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސް، ބޯޯކޮށް ވާރޭވެހި 40 މޭލަށް ވައިގަދަވާނެ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ އެވ...

20 Dec 2020 | 05:30

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ އެވެ. އެ ސަރަހައްދަށް މިއަދު ހެނދުނު 10:30 ން ހަވީރު 4:00 އަށް ވަނީ ވައިޓް އެލާޓު ނެރެފައި އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ އެވެ.

ވައިޓް އެލާޓު ނެރެނީ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި  ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ވާނެ ކަމަށް ލަފާ ކުރެ އެވެ.

އުތުރާއި މެދު ރާއްޖެ ތެރޭގައި ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް