އޭއެމްސީއެފްސީ: ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޓީކޭ، ކާލާ މަންނަ އަދި ޑީޑީއެފް ސެމީއާއި ގާތަށް ޖެހިލައިފި

މިހާރު ފެށިގެން ކުރިޔައްދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޓީކޭ ސްޕޯޓްސް ކުލަބާއި ޑީޑީ އެފް ދި ޖެނެރޭޝަން  އަދި ކާލާ މަންނަ ސެމީ ފައިނަލް އާއި ގާތަށް ޖެހިލ...

20 Dec 2020 | 05:02

މިހާރު ފެށިގެން ކުރިޔައްދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޓީކޭ ސްޕޯޓްސް ކުލަބާއި ޑީޑީ އެފް ދި ޖެނެރޭޝަން  އަދި ކާލާ މަންނަ ސެމީ ފައިނަލް އާއި ގާތަށް ޖެހިލައިފިއެވެ.

ޓީކޭ މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލީ އަކިރިކޮޅު އެސްސީއާއި ވާދަކޮށް 1-2 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ޑީޑީ އެފް ދި ޖެނެރޭޝަން އާއި ކާލާ މަންނަ ސެމީއާއި ގާތަށް ޖެހިލިއިރު، ޑީޑިއެފް ދި ޖެނެރޭޝަން ސެމީއާއި ގާތަށް ޖެހިލީ ރޭ އެމްވައިއާއި ވާދަކޮށް 1-10 ގެ ތަފާތު ބޮޑު ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ. ރޭގެ ބައްޔާއި އެކު އެމްވައި މުބާރާތާ އަލްވަދާއި ކިޔަން ޖެހުނު އިރު، އެޓީމުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތަރު މެޗު ކުޅުނު އިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ތިން މެޗުން ވަނީ ބަލިވެފައެވެ.

ކާލާ މަންނަ ސެމީއާއި ގާތަށް ޖެހިލީ ރޭ ގޯޅި ޖޫނިއަރ އާއި ވާދަކޮށް 1-5 ގެ ނަތީޖާ އިން މޮޅުވެގެންނެވެ. މި މެޗުން މޮޅުވެ ކާލާމަންނަ ސެމީއާއި ގާތަށް ޖެހިލިއިރު، އެޓީމުއަތުން ބަލިވި ގޯޅި ޖޫނިއަރ އަށް ވަނީ ރޭގެ މެޗުން ވި ބައްޔާއި އެކުު ސެމީގެ ފުރުސަތު ގެއްލިފައެވެ. އެޓީމު ގްރޫޕު ސްޓޭޖުގައި މިހާތަނަށް ތިން މެޗު ކުޅުނު އިރު، މި ތިން މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ.

މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލާމު ބްލޫސް އާއި ޑީޑީއެފް ނިއު ޖެނެރޭޝަންއެވެ. މިރޭ 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޯކަސް އާއި އަކިރިކޮޅު އެސްސީއެވެ. އަދި މިރޭ 22:30 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އެފްސީ ޗެމްޕިއަންސް އާއި ގޯޅި ޖޫނިއަރއެވެ.

މުބާރާތުގެ މިފަހަރުގެ ކޯ ސްޕޮންސަރުން ނަކީ މާވަށް ކައުންސިލް، ރެލެކްސް ޒޯން އަދި ރިލެކްސް މާޓްއެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޓޮޕް ސްޕޮޓް، ވިލަރެސް ގެސްޓުހައުސް، ލެޒިޒް، ނިއު ވޭވް، ކެފޭ ލާމު، ކެފޭ އަޒޫރޯ، ކޭމާކް ޒޯން، އޯސިސް އަދި ޕިޒްކާއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ދުވަސް އެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް