މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 94 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 38 ދިވެހިންނާއި 56 ބިދޭސީންނެވެ. އެއީ މާލެއިން 49 މީހުންނާއި އަތޮޅުތެރެއިން 45 މީހުންނެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 94 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ފައްސިވެފައިވާ ޖުމްލަ އަދަދަކީ 12،546 އެވެ.
މި ބަލިން 11،497 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި މިހާތަނަށް ރާއްޖެއިން 45 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައި ވާއިރު، މި ބަލި ޖެހިފައި މިހާރު ތިބި މީހުން ގެ އަދަދު ވަނީ މައްޗަށް ގޮސްފައެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 997 މީހުން ތިބިއިރު، އޭގެތެރެއިން 320 މީހަކަށް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންނެވެ. އަދި އެޑްމިޓްކޮށްގެން 80 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް