އެމްއެންޔޫގެ ޗީފް ލައިބްރޭރިއަންގެ މަގާމަށް ޑރ. އާމާލް އައްޔަން ކުރައްވައިފި

ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޗީފް ލައިބްރޭރިއަންގެ މަގާމަށް ޑރ. އާމާލް ޢަލީ އައްޔަން ކުރައްވައިފި އެވެ. ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފު...

20 Nov 2020 | 13:12

ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޗީފް ލައިބްރޭރިއަންގެ މަގާމަށް ޑރ. އާމާލް ޢަލީ އައްޔަން ކުރައްވައިފި އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޑރ. އާމާލް، ޗީފް ލައިބްރޭރިއަންގެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެ އެވެ.

މި މަގާމާއެކު ގައުމީ ޔުނިވަރސިޓީގެ ލައިބްރަރީގެ މަސައްކަތްތައް ބަލަހައްޓައި އެކަންތައްތައް ރޭވުމުގެ މަސައްކަތް ޑރ. އަމާލް ކުރައްވާނެ ކަމަށް އެ ޔުނުވަރސިޓީ އިން ބުނެ އެވެ.

ސަރުކާރަށް ގިނަ ޚިދުމަތްތަކެއް ވެސް ޑރ. އާމާލް އަދާ ކުރައްވާފައިވާ އިރު، ޑރ. އާމާލް އަލީ ވަނީ، ކުރީގެ ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖެންޑަރ މިނިސްޓަރުގެ މަގާމުގައި މަސައްކަތް ކުރައްވާފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ.

ޑރ. އަމާލް އަކީ އެމްއައި ކޮލެޖުގެ ރެކްޓާކަމުގެ މަގާމުގައިވެސް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް