ބަންދު ކޮށްފައިވާ ސަލްޓަން ޕާކު މާދަމާ އަލުން ހުޅުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާދަމާ ފަތިހު 04:30 އިން ފެށިގެން ހެނދުނު 09:00 އަށް އަދި ހަވީރު 04:30 އިން ރޭގަނޑު 09:30 އަށް ޕާކް ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި އެ ވަގުތުތަކުގައި ޕާކުގައި އުޅޭއިރު މާސްކް އެޅުމަށާއި ގައިދުރުކަމަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ޕާކަށް ވަންނަ މީހުން އެތަނުގައި
ކޮވިޑް-19 އާ ގުޅިގެން ސަލްޓަން ޕާކު ހިމެނޭ ގޮތަށް މާލޭގެ ގިނަ ޕާކުތަކާއި މައިޒާންތައް ވަނީ ބަންދުކޮށް ފައެވެ. އަލުން ޕާކުތަކާއި މައިޒާންތަށް ހުޅުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން ދަނީ ކޮވިޑް-19އިގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވުމާ ގުޅިގެންނެވެ.
ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން އެތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ކުޅު ނުޖެހުމުގެ އިތުރުން ސާފުތާހިރުކަމާއި ގައިދުރުކަން ބަހައްޓައިގެން އުޅުމަށް (ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް