އުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ދީފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ހަ ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ދީފި އެވެ. އިސްލާމިން މިނިސްޓްރީންއިން ރާއްޖޭން އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަ...

20 Nov 2020 | 11:08

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ހަ ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ދީފި އެވެ.

އިސްލާމިން މިނިސްޓްރީންއިން ރާއްޖޭން އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވައިފަ އެވެ. ހުއްދަ ދިން ހަ ކުންފުންޏަކީ އެ ފުރުސަތުގައި ކުރިމަތިލި ހަ ކުންފުނި އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިން މިނިސްޓްރީއިން ދީފައިވަނީ 37 ކުންފުންޏަކަށެވެ. އަލަށް ހުއްދަ ދިން ހަ ކުންފުންޏަކީ، ގުބާ ޕްރައިވެޓް ލިމިޓެޑް، އެމް.އެސް ހައްޖު އެންޑް ޢުމްރާ، އަދި ޢުއްމުލްގުރާ ލިލްހައްޖު ވަލްއުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުންސިރާތު ޢުމްރާ ޕްރައިވެޓް ލިމިޓެޑް އާއި އަސްކޮއި ހައްޖު ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑޓް އަދި ރޯޔަލް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް އަށެވެ.

އެ ހަކުންފުންޏަށް އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސަރުކާރުގެ ގެޒެޓުގައި ހުއްދަ ދިންކަން އާންމުކުރީ މިއަދު އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު މައްކާގެ މާތްވެގެންވާ މަސްޖިދުލް ޙަރަމް ވަނީ ބަންދު ކޮށްފަ އެވެ. ނަމަވެސް އޮކްޓޯބަރު ހަތަރު ވަނަ ދުވަގުން ފެށިގެން އުމްރާގެ އަޅުަކަމަށް އަލުން ވަނީ ހުޅުވާލަފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް