އާމްދަނީ ހޯދަން ގޭގައި ކުރާ މަސައްކަތުން ޓެކްސް ދައްކަން ޖެހޭނެ: ފައްޔާޒު

އާމްދަނީ ހޯދުމުގެ ގޮތުން ގޭގައި ކުރާ މަސައްކަތުން ވެސް ދައުލަތަށް ޓެކްސް ދައްކަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. ސަންޓު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވ...

20 Nov 2020 | 10:54

އާމްދަނީ ހޯދުމުގެ ގޮތުން ގޭގައި ކުރާ މަސައްކަތުން ވެސް ދައުލަތަށް ޓެކްސް ދައްކަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަންޓު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ،  ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކު ގޭގައި މަސައްކަތް ކޮށްގެން އާމުދަނީ ހޯދުމުގެ މަސައްކަތް ފަށާފައިިވާ ކަމަށެވެ.

އަދި އެގޮތަށް ގޭގައި ތިބެގެން ކުރާ ވިޔަފާރިތަކުން  ރެސްޓޯރެންޓް، ހޮޓާ، ކެފޭ ފަދަ ތަންތަނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. ގޭގައި މަސައްކަތް ކުރާ ފަރާތްތަކުން ޓެކްސް ނުދައްކައި ވިޔަފާރި ކުރާކަމުގެ ޝަކުވާ ޓެކްސް ދައްކައިގެން ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ތަނެއް ހުޅުވައިގެން ވިޔަފާރި ކުރުމަކީ އެ ވިޔަފާރިވެރިއްގެ އަމިއްލަ ނިންމުމެއް ކަމަށްވުން ޓެކްސް ދެއްކުމުގެ ޝަކުވާއެކު ތަނަށް ކުއްލި ދެއްކަން ޖެހޭ ކަމުގެ ޝަކުވާއަކީ އެއްވެސް ވަރަކަށް ބަލައިގަންނަ ޝަކުވާއެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ކުރިއަރުވަން ކަމަށެވެ. އަދި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކެއްގެ މަސްލަހަތަށް ވިސްނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް