އިންޑިއަން އައިޑޮލް 12 މި މަހު 28 ގައި ފަށަނީ..

އިންޑިއަން އައިޑޮލް 12 މި މަހު 28 ގައި ފެށުމަށް ނިންމައިފި އެވެ. ސޮނީ އެންޓަރޓެއިންމަންޓުގެ ފަރާތުން ގެނެސްދޭ އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަންގެ އޮޑިޝަންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔައީ އޮނ...

20 Nov 2020 | 10:41

އިންޑިއަން އައިޑޮލް 12 މި މަހު 28 ގައި ފެށުމަށް ނިންމައިފި އެވެ.

ސޮނީ އެންޓަރޓެއިންމަންޓުގެ ފަރާތުން ގެނެސްދޭ އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަންގެ އޮޑިޝަންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އެއީ ހަލުވިކަމާއެކު ފެތުރެމުްނދާ ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގައި ވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނެވެ.

އިންޑިއަން އައިޑޮލް ގެ މި ސީޒަން ދައްކަން ފަށާއިރު، ފުރަތަމަ ދައްކާނީ އައިޑަލްގެ އޮޑިޝަންތަކެވެ.

އައިޑަލްގެ ޕްރޮމޯޝަނަލް ގެ ތެރެއިން ސޮނީ ޗެނަލުން ކުރިއަށް ގެންދާ ޝޯ "އިންޑިއާސް ބެސްޓް ޑާންސަރ"ގައި އައިޑަލްގެ ޖަޖުން ވަނީ މި ހަފްތާގައި ބައިވެރިވެފަ އެވެ.

މި ފަހަރު ޝޯގެ ޖަޖުންގެ ޕެނަލުގައި ހިމެނެނީ ވިޝާލް ދަދްލާނީ، ނެހާ ކައްކަރު އަދި ހިމޭޝް ރޭޝަމިޔާ އެވެ.

ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ އައިޑަލްގެ އެޕިސޯޑުތައް ދައްކާނީ ރާއްޖެ ގަޑިން އިރުއޮއްސި 7:30 ގައެވެ.

އިންޑިއަން އައިޑަލް ގެ 11 ސީޒަން ކާމިޔާބުކަމާއެކީ ނިންމާލެވިފައިވާއިރު، 11 ވަނަ ސީޒަންގެ ޓްރޮފީ އުފުލާލީ ސަނީ ހިންދުސްތާނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް