ދުޝްމަނުން މިއަދު މަސައްކަތް ކުރަނީ އަޅުގަނޑުމެން އިސްލާމް ދީނާ ދުރުކޮށް، ޢަޤީދާ ބަލިކަށި ކުރުމަށް: ޚުތުބާ

ދުޝްމަނުން މިއަދު މަސައްކަތް ކުރަނީ އަޅުގަނޑުމެން އިސްލާމް ދީނާކޮށް، ޢަޤީދާ ބަލިކަށި ކުރުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. ޚުތުބާގައި ބުނީ އިސްލާމް ދީނަކީ މުސްލިމުންގެ ހަޔާތުގެ އެންމ...

20 Nov 2020 | 09:57

ދުޝްމަނުން މިއަދު މަސައްކަތް ކުރަނީ އަޅުގަނޑުމެން އިސްލާމް ދީނާކޮށް، ޢަޤީދާ ބަލިކަށި ކުރުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނަކީ މުސްލިމުންގެ ހަޔާތުގެ އެންމެހައި ކަންތައްތައް އެދީނުގައި ޝާމިލުވާ ފުރިހަމަ ބިނާއެއް ކަމަށެވެ. އަދި މުސްލިމަކު ދުނިޔެއަށް އުފަންވީއްސުރެ، އުޚްރަވީ ހަޔާތަށް ވާސިލުވަންދެން އޭނާގެ ހުރިހައި ކަމެއް ރާވާދޭ މަންހަޖަކީވެސް އިސްލާމް ދީން ކަމަށެވެ.

"މި ބިނާގެ އަސާސަކީ އިސްލާމީ އަގީދާ. އަޅުގަނޑުމެންގެ ދުޝްމަނުން މިއަދު މަސައްކަތް ކުރަނީ މި އަގީދާ ބަލިކަށިކޮށް، އަގީދާ އާ ދުރަށްލުމަށް. އަދި މުސްލިމުން ދީނާ ބީރައްޓެހިކޮށް އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އެދީނާ ދުރު ކުރުމަށް." ޚުތުބާގައި ބުންޏެވެ.

ރާއްޖެ އިސްލާމް ވީ ދުވަހުގެ މަތިން ހަނދާން ކުރާ އިރު، މި ލޮބުވެތި ވަޠަނުގައި އިސްލާމް ދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޚުތުބާގައި ވަނީބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް