ހަނަފަސްކަން ކުރިމަތިވެ، ސައުދީގައި އިސްތިސްގާ ނަމާދު ކޮށްފި

ހަނަފަސްކަން ކުރިމަތިވެ، ސައުދީ އަރަބިއްޔާގެ އެކި ކަންކޮޅުތަކުގައި އިސްތިސްގާ ނަމާދު ކޮށްފި އެވެ. އިސްތިސްގާ ނަމާދުގެ ކުރިން، މުސްލިމުންނާ މުޚާތަބު ކުރައްވާ، ޝައިޚް ޔާސިރު ދޫސަރީ ވަނީ ވާހަކަ ދައްކަވާފ...

20 Nov 2020 | 09:15

ހަނަފަސްކަން ކުރިމަތިވެ، ސައުދީ އަރަބިއްޔާގެ އެކި ކަންކޮޅުތަކުގައި އިސްތިސްގާ ނަމާދު ކޮށްފި އެވެ.

އިސްތިސްގާ ނަމާދުގެ ކުރިން، މުސްލިމުންނާ މުޚާތަބު ކުރައްވާ، ޝައިޚް ޔާސިރު ދޫސަރީ ވަނީ ވާހަކަ ދައްކަވާފަ އެވެ.

އޭނާގެ ވާހަކައިގާ ޢަލުތައް ބަހައްޓަންވީ ގޮތާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން، ފެނަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ކުރެވިފައިވާ ފާފަތަކުން ތައުބާވެ، ﷲ ގެ މަގަށް ރުޖޫއަވާން ޖެހޭ ކަމަށް ޝައިހު ޔާރިސު ދޫސަރީ ވަނީ ހަނދާން ކޮށްދެއްވާފަ އެވެ.

މުސްލިމުންގެ މުގައްދަސް މަސްޖިދު އަލް-ހަރަމްގައި، އިމާމްވެ އިސްތިސްގާ ނަމާދު ކުރެއްވީ ޝައިހު ޢަބްދުﷲ ޖުހާނީ އެވެ. މަސްޖިދު އަލް-ހަރަމްގައި ކުރިއަށްދިޔަ އިސްތިސްގާ ނަމާދުގައި ބައިވެރިވުމުގެ ފުރުސަތު، މިހާރު އުމްރާވަމުންދަ ފަރާތްތަކަށްވެސް ވަނީ ދީފަ އެވެ. އަދި މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދު ބިން ފައިސަލްވެސް ވަނީ މި ނަމާދުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް