ކޯވިޑް-19: އެއާޕޯޓް ކާގޯއިން މިހާތަނަށް 57 މީހުން ފައްސިވެފައިވޭ: އެޗްއީއޯސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކާގޯ ޑިޕާޓްމަންޓުން މިހާތަނަށް 57 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ. އެޗްއީ...

19 Nov 2020 | 20:01

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކާގޯ ޑިޕާޓްމަންޓުން މިހާތަނަށް 57 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ

އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 57 އަށް އަރާފައިވާ ކަމަށާއި އަދި އެމީހުންނާއި ގާތުން ބައްދަލުވި 77 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެއާޕޯޓް ކާގޯގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން މިއަދު ވެސް ކޮވިޑް-19 އަށް ފައްސިވި ކަމަށް ވިދާޅުވިއިރު، މިއަދު ފައްސިވި މީހުންގެ އަދަދު ޑރ.ނަޒްލާ ހާމަކޮށްފައެއް ނުވެއެވެ.

ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ އެއާޕޯޓް ކާގޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަރަށް ގިނަ ބަޔަކާއި ބައްދަލުވާ ބަޔަކަށް ވުމުން އެހެން އިދާރާތަކާއި ގުޅިގެން ވެސް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން ގެންދާ ކަމަށެވެ.

އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން މީގެ ކުރިންވެސް 22 މީހަކު ވަނީ ފައްސިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް