ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ޕީ.ސީ.އާރް ޓެސްޓުކުރެވޭ އަދަދު އިތުރުކޮށް އޮކްޓޯބަރ 20، 2020ވާ ބުދަ ދުވަހުން ފެށިގެން، މި ޙިދުމަތުގެ އަގުތައް ހެޔޮކޮށް، 12 ގަޑިއިރުތެރޭ ރިޕޯޓު ލިބުން އަވަސްކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވަނީ މިޙިދުމަތުގެ ޓެސްޓުކުރެވޭ އަދަދު އިތުރުކުރުމާއެކު، އަގުތައް ހެޔޮކޮށް، ރިޕޯޓު ލިބުން 12 ގަޑިއިރަށް އަވަސްކުރެވިފައިވަނީ ދިވެހިރާއްޖޭގައި ގިނައަދަދަކަށް ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންޖެހިފައިވާ ދަނޑިވަޅަކަށްވުމާއެކުގައި ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ޕިސީއާރް ޓެސްޓުގެ އަގުތައް:
- ދިވެހި ރައްޔިތުން 1,149ރ.
- ވޯކް ޕަރމިޓް ބިދޭސީން 1,149ރ.
- ފަތުރުވެރިން 1,199ރ.
"ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއައު ބަދަލާއެކު ސާމްޕަލް ނެގުމަށްފަހު 12 ގަޑިއިރުތެރޭ ނަތީޖާ ރިޕޯޓު ލިބިލައްވާނެއެވެ. އަދި ޕީ.ސީ.އާރު ނަތީޖާ އާޖަންޓުކޮށް ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުންނަށް ނަތީޖާ އަވަސްކުރުމުގެ ޕްރީމިއަމް ހިދުމަތް ލިބިވަޑައިގަންނަވާނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީ.ސީ.އާރު ޓެސްޓު ހެއްދުމުގެ ޙިދުމަތް އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ) އަދި އިން-ޕޭޝަންޓް (އައި.ޕީ.ޑީ) އަށް ހުޅުވާލެވިފައިވެއެވެ. " އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ނަންނޯޓުކުރުމަށް ނުވަތަ އިތުރު މައުލޫމާތު ސާފުކުރުމަށް 3351610 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބިލައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް