އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމީ އަމީންގެ އިތުބާރު އޮތްކަމަށް

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު އޮތްކަމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ. އެ ގްރޫޕުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ...

20 Oct 2020 | 12:07

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު އޮތްކަމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

އެ ގްރޫޕުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވި 58 މެމްބަރުންގެ ތެރެއިން 27 މެމްބަރަކު ވޯޓު ދެއްވީ އިތުބާރު ނެތް ކަމަމަށެވެ. 31 މެމްބަރަކު ވޯޓު ދެއްވީ އިތުބާރު އޮތްކަމަށެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިގޮތަށް ނިންމާފައިވާއިރު، އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ ޕާޓީގެ ޕީޖީ ގްރޫޕުން ފާސްކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް