އަމީން މަގާމުން ވަކިކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ބައްދަލުވުމެއް

މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު އެމްޑިޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ. ރައްޔިތު...

20 Oct 2020 | 11:12

މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު އެމްޑިޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހާއި ގާނޫނޫއަސާސީގައި ވާގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ހުށަހެޅޭނީ ދިހަ މެމްބަރުންގެ ސޮއި ލިބިގެންނެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވީ، އާމިންގެ މައްސަލައާ ގުޅިގެން މިއަދު ޕީޖީ ގްރޫޕުން ގޮތެއް ނިންމަވާނެ ކަމަށެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވަނީ އޭނާގެ އިތުބާރު އަމީނަށް ނެތްކަމަށް ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ ގިނަ މެމްބަރުންތަކެއް އަމީން އިތުބާރު ނެތްކަމަށް ސޮއި ކުރާނެ އެވެ.

މިއަދު ހެނދުނު އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވި އަމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ތަހުގީގު ރިޕޯޓު ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ. ޕީޖީ އޮފީހުން ބުނީ އެ ރިޕޯޓުގައި އަމީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރެވޭނެހާ ހެކި ނެތް ކަމަށެވެ. މިއަދު މަޖިލިސްގައި ބޭއްވި ލޫކީ ކޮމިޓީގެ ސަބް ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ވެސް އަމީނު ވިދާޅުވީ. އޭނާގެ މައްޗަށް ތުހުމަރު ކުރެވޭ ހުރިހާ މައްސަލައެއްގެ ފުރިހަމަ ޖާވާބުދާރީ އެއް މާލިއްޔަތު ކޮމިޓީއަށާ އޭސީސީއަށް ކިޔައިދީފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް