ވެންޓިލޭޓަރު މައްސަލަ: ކޮރަޕްޝަންގެ ދައުވާކުރެވޭނެ ހެއްކެއް ނެތް

މިނިސްޓްރީ ހޮފް ހެލެތްއިން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހުރީ ގަވާއިދާއި ހިލާފު ކަންކަން ކަމަށާއި ނަމަވެސް އެ މައްސަލައިގައި ކޮރަޕްޝަންގެ ދައުވާ ކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައި...

20 Oct 2020 | 09:47

މިނިސްޓްރީ ހޮފް ހެލެތްއިން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހުރީ ގަވާއިދާއި ހިލާފު ކަންކަން ކަމަށާއި ނަމަވެސް އެ މައްސަލައިގައި ކޮރަޕްޝަންގެ ދައުވާ ކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޭސީސީގެ ރިޕޯޓު އަނބުރާ ފޮނުވާލުމާ ގުޅިގެން އެކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލު ދެއްވުމުގެ ގޮތުން މިއަދު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ޝަމީމް ވިދާޅުވީ، ހެލްތުން ވެންޓިލޭޓަރުތަކުގެ މަޝްރޫއު ހިންގާފައިވަނީ ފިނޭންސް މިނިސްޓްރީގެ ގަވާއިދުގެ ތެރެއިން ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ގަބޫލުކުރާ ކަމަށެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތުގައި، ހެލްތުގެ ބިޑް ކޮމިޓީން ކޮށްފައިވާ މަސައްކަތްްތަކުން، އެއްވެސް ފަރާތަަކަށް ފައިދާއެއްވާގޮތަށް ކަމެއް ކޮށްފައިއޮތް ކަމަށް، އޭސީސީއިން ބެލުމަށްފަހު ޝަރީއަތް ކުރުމަށް އެދި ޕީޖީ އޮށް ފޮނުވިއިރު އޭސީސީގެ ރިޕޯޓުގައި ކަމެއް ސާބިތު ކުރެވޭވަރުގެ ހެއްކެތް ނެތް ކަމަށެވެ.

އެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އޭސީސީއިން ފުރަތަމަ މައްސަލަ ތަހުގީގު ކުރުމުގައި ޕީޖީގެ ލަފާ ހޯދި ކަމަށާއި، އޭނާގެ ބޭނުމަކީ އޭސީސީގެ ރިޕޯޓުގެ ފެންވަރު ހާމަކުރުން ނޫން ކަމަށެވެ. އަދި އޭސީސީގެ ތަހުގީގު ގޯސް ނުވަތަ ނޫން ކަން ބުނަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވޭީި ހެކި ހުރެގެން ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ހެލްތް މިނިސްޓަރު އަބްދުﷲ އަމީނުއާ ގުޅޭ ގޮތުން އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ، ކޮރަޕްޝަން މެދުވެރިކޮށް ވެންޓިލޭޓަރުތަށް ހޯދުމުގެ މަސައްކަތް ނާޑު ކުންފުންޏާއި މެޑްޓެކް ކުންފުންޏާ ހަވާލު ކުރުމުގައި އަމީނުގެ ބައިވެރިވުމެއް ނެތް ކަމަށް އޭސީސީގެ ރިޕޯޓާ ހަވާލާދީ ޝަމީމް ވިދާޅުވި އެވެ.

އަދި މީހަކަށް ފައިދާވެފައި އޮތުން ނުވަތަ އެމީހެއްގެ ގާތް މީހަކަށް ފައިދާއެއް ވެފައި އޮތްކަން ތަހުގީގަށް ހޯދިފައި އޮތް ނަމަ އެއީ ހަރުދަނާ ހެއްކެއް ގޮތަށް އެމައްސަލަ ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ ކަމަށާއި ނަމަވެސް އެފަދަ ހެއްކެއް ވެސް ނެތްކަމަށް ޝަމީމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް