ބޯހިމެނުން 2022 ވަނަ އަހަރު ކުރިޔަށް ގެންދަނީ

ރާއްޖޭގެ ބޯހިމެނުން2022 ވަނަ އަހަރު ކުރިޔަށް ގެންދަން ނިންމައިފި އެވެ. މިކަން ހާމަ ކުރެއްވީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ތަފާސް ހިސާބާއި ބެހޭ ދުވަހާއި ގުޅިގެން އޮންލައިންކޮށް ބޭއްވި ޖަލްސާގައި ވާ...

20 Oct 2020 | 09:27

ރާއްޖޭގެ ބޯހިމެނުން2022 ވަނަ އަހަރު ކުރިޔަށް ގެންދަން ނިންމައިފި އެވެ.

މިކަން ހާމަ ކުރެއްވީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ތަފާސް ހިސާބާއި ބެހޭ ދުވަހާއި ގުޅިގެން އޮންލައިންކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މިނިސްޓަރު ވިދާޅުވީ ބޯހިމެނުން ފުރިހަމަވާނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުން މައުލޫމާތު އެއްކުރުމުގައި ލިބިގެން ކަމަށެވެ. އަސްލަމް ވަނީ ބޯހިމެނުމަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

މިނިސްޓަރުގެ ވާހަކައިގަ 2022 ވަނަ އަހަރުގެ ބޯހިމެނުމާއި ގުޅޭ އިތުރު މާއުލޫމާތު ހާމަކުރައްވާއެއް ނުވެ އެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ބޯހިމެނުމުގައި އާންމުންގެ ފަރާތުން މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމުގެ މައްސަލަ އާއި މާލޭގައި ވަކިވަކި ގެތައް ގިނަ ކަމުން މައުލޫމާތު އެއްކުރުމުގައި ދަތިތަކާއި ކުރިމަތިވި އެވެ.

އެ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އޭރު ރާއްޖޭގެ އާބާދީއަކީ 402،071 އެވެ. ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން ރާއްޖޭގެ މިހާރުގެ އާބާދީއަކީ 557،426 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް