ޕްރިންސް އާއި ޔުވިކާ ކޯވިޑުން ރަނގަޅުވި އިރަށް ޑެންގީ ހުން ޖެހިއްޖެ

އިންޑިއާގެ ސުޕާ މޮޑެލް ޕްރިންސް ނަރޫލާ އާއި އޭނާގެ އަންހެނުން، ބޮލީވުޑްގެ ބަތަލާ ޔުވިކާ ޗައުދަރީ ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދައި ނިމުނުތަނާ ޑެންގީ ހުން ޖެހިއްޖެ އެވެ. ދެމަފިރިން ކޯވިޑް ޖެހިގެން ފަރުވ...

20 Oct 2020 | 08:58

އިންޑިއާގެ ސުޕާ މޮޑެލް ޕްރިންސް ނަރޫލާ އާއި އޭނާގެ އަންހެނުން، ބޮލީވުޑްގެ ބަތަލާ ޔުވިކާ ޗައުދަރީ ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދައި ނިމުނުތަނާ ޑެންގީ ހުން ޖެހިއްޖެ އެވެ.

ދެމަފިރިން ކޯވިޑް ޖެހިގެން ފަރުވާ ހޯދީ މިދިޔަ މަހު އެވެ. އެކަން އެމީހުން މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު ޑެންގީ ޖެހިގެން ފަރުވާ ދިނުމަށް ޕްރިންސް އާއި ޔުވިކާ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން ޕްރިންސް އެކަން ސޯޝަލް މީޑިއާގައި ހާމަ ކުރުމުން އާންމުން ވަނީ ކޯވިޑް ޖެހުމުން އެކަން ސިއްރު ކުރީ ކީއްވެތޯ ސުވާލުކޮށްފައި އެވެ.

މިކަމާއި ގުޅިގެން ޕްރިންސް ބުނީ ކޯވިޑް ޖެހުނު ކަމުގައި ވިޔަސް ދެމީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. އަދި ބަލިން ރަނގަޅުވިކަމަށް ދެމަފިރިން ނިންމީ 21 ދުވަސް ވަންދެން އައިސޮލޭޓް ވެގެން ގޭގައި ތިބުމަށް ފަހު ދެ ފަހަރު ކޯވިޑަށް ޓެސްޓުކޮށް ނެގެޓިވް ވުމުން ކަމަށެވެ.

އޭނާ ބުނީ ޑެންގީ ޖެހުމުން އެކަން ސަޕޯޓަރުންނާއި ހިއްސާ ކުރަން ބޭނުންވީ ބަލީގައި ދެމީހުންނަށް ކުރަމުންދާ އަސަރު ބޮޑު ކަމުން ކަމަށެވެ. އަދި ޑެންގީ ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހިފައިވާތީ ކަމަށެވެ.

ޔުވިކާއަށް ޑެންގީ ޖެހުނު ކަމަށް ބެލެވެނީ ޕްރިންސްގެ ފަރާތުންނެވެ. އެއީ ޑެންގީ ހުން ޖެހިގެން ޕްރިންސްގެ ބައްޕަ، ދައްތަ އަދި ބޮޑުބޭބެ ކިޔާ ކުއްޖަކުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ހޯދަމުންނެވެ.

ޕްރިންސް އެންމެ ފަހުން ފެނިގެންދިޔައީ އެންޑް ޓީވީން ދެއްކި "ލާލް އިޝްކު" ގެ ރޯލަކުން2018 ގައި އެވެ. އަދި އޭނާ އަކީ އެމްޓީވީން ގެނެސްދޭ ދެ ޝޯއެއްގެ ފަނޑިޔާރުކަން ކުރާ މީހެކެވެ.

ޔުވިކާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "އެސްޕީ ޗައުހަން" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް