ވެންޓިލޭޓަރު ގެނައުމުގެ މަޝްރޫޢު ހިންގާފައިވަނީ ފިނޭންސްގެ ގަވާއިދުގެ ތެރެއިން

ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގެ މަޝްރޫޢު ހިންގާފައިވަނީ ފިނޭންސްގެ ގަވާއިދުގެ ތެރެއިން ކަމަށް އޭސީސީގެ ރިޕޯޓުންވެސް ފާހަގަވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަ...

20 Oct 2020 | 08:52

ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގެ މަޝްރޫޢު ހިންގާފައިވަނީ ފިނޭންސްގެ ގަވާއިދުގެ ތެރެއިން ކަމަށް އޭސީސީގެ ރިޕޯޓުންވެސް ފާހަގަވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސް ގައެވެ.

ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތުގައި، ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ކޮށްފައިވާ މަސައްކަތްްތަކުން، އެއްވެސް ފަރާތަަކަށް ފައިދާއެއްވާގޮތަށް ކަމެއް ކޮށްފައިއޮތް ކަމަށް، އެ މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބެލުމަށްފަހު، ޝަރީއަތް ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ރިޕޯޓުން ސާބިތު ކޮށްދެވޭވަރު ނުވާކަމަށެވެ.

ޝަމީމް ވިދާޅުވީ މިކަމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރާ ކަމަށާއި ބިޑް ކޮމެޓީގައި ތިބީ އަނެއްހެން ދަންނަ ބައެއް ނޫން ކަމަށެވެ.

"ބިޑު ކޮމެޓީގައި ތިބީ އަނެއްހެން ދަންނަ ބައެއް ނޫން. މަގުމަތިން ފެނޭ. ބައެއް މީޓިންގ ތަކުން ދިމާވޭ. އެކަމަކު އެމީހުންނާ އަޅުގަނޑާ މާގާތް ގުޅެމެއް ނޯވޭ" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް އިތުރަށް ވިދާޅުވީ ފަހަރެއްގައިވެސް މިދަންނަވަނީ އޭސީސީގެ ތަހުގީގު ގޯސް ރަނގަޅެކޭ ވެސް އަދި ގޯހެކޭ ވެސް ނޫން ކަމަށާއި ދަޢުވާ އެއް ކުރެވޭނީ ހެކި ހުރެގެން ކަމަށެވެ.

މިފަދަ އެހެން މައްސަލަތައްވެސް ކުރިއަށް ދާނީ މިފަދައިން ކަމަށް ވެސް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް