ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 64 އިން ސައްތަ ނިމިއްޖެ

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 64 ޕަސަންޓު ނިމިފައިވާ ކަމަށް ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އ...

20 Oct 2020 | 07:38

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 64 ޕަސަންޓު ނިމިފައިވާ ކަމަށް ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްޓީސީސީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 64 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މިވަގުތު 5200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު ޖޫން މަހު 26 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް