ސަރުކާރުން ބޭނުން ނަމަ ކިތަންމެ ހަނިކޮށް ވިޔަސް ދައުވާ ކުރެވޭނެ: ޑރ. ޖަމީލް

ދައުލަތަށް ހިޔާނާތްތެރިވާ މައްސަލަތަކުގައި ސަރުކާރުން ބޭނުން ނަމަ ކިތަންމެ ހަނިކޮށްވިޔަސް ދައުވާ ކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ...

20 Oct 2020 | 07:15

ދައުލަތަށް ހިޔާނާތްތެރިވާ މައްސަލަތަކުގައި ސަރުކާރުން ބޭނުން ނަމަ ކިތަންމެ ހަނިކޮށްވިޔަސް ދައުވާ ކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީއަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލުމުންނެވެ. ޕީޖީ އޮފީހުން ބުނީ އެ ބޭފުޅުންނާއި ދެކޮޅަށް ދައުވާ ކުރެވޭވަރަށް ހެކި ނެތް ކަމަށެވެ.

މިކަމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާޜުން ރައްޔިތުންނަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެއްޖެ ކަމަށެވެ. ފެންނަ މަންޒަރުތަކުން ހިޔާނާތްތެރިވިޔަސް ވައްކަން ކުރިޔަސް ސަރުކާރަށް ނިސްބަތްވާ ނަމަ މައްސަައެއް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބޭނުންވާ ނަމަ ކިތަންމެ ހަނިކޮށްވިޔަސް ހިޔާނާތްތެރިވާ މީހުންނާއި ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށެވެ. އިތުރަށް ވިދާޅުވީ މިފަދަ އަމަލު ތަކުން މިއީ މުޑުދާރު ސަރުކާރެއްކަން ޔަގީންވާ ކަމަށެވެ.

https://twitter.com/MJameelAhmed/status/1318424084712022018

އޭސީސީއިން ވަނީ ހެލްތް މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން އެދި ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އޭގެތެރޭގައި މިނިސްޓަރު އަމީންގެ އިތުރުން އެ މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް އާއި އެހެން ވެސް އިސް މަގާމްތަކުގައި އުޅުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް