އައްޑޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގަ 25 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހާ ...

20 Oct 2020 | 06:53

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ކަމަށެވެ.

މި މާރާމާރީ ހިންގާފައިވަނީ އިއްޔެ ރޭ އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އިއްޔެރޭ ދަންވަރު 12:28 ހާއިރު ކަމަށެވެ.

މި މާރާމާރީގައި ހަމަލާ ދިނުމުން ޒަހަމްވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެމީހާއަށް ތޫނު އެއްޗަކުން ހަމަލާދިނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ހަމަލާދިނީ ކަތިވަޅިއަކުންނެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ކަތިވަޅި ހަރާފައިވާއިރު ދެ އިނގިއްޔެއް ވަނީ އެއްކޮށް ބުރިކޮށްލާފައި އެވެ.

އެމީހާއަށް ފަރުވާ ދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ. އެ ހޮސްޕިޓަލުން ބުނީ އެމީހާއަށް އައިސީޔޫގައި ފަރުވާ ދިން ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް