އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރަން ހުށަހަޅާނެ ކަމަށް އެމްޑިޕީގެ އަށް ނިސްބަތްވާ ގިނަ މަޖިލިސް މެމްބަރުންތަކެއް ވިދާޅުވެއްޖ އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު، ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މިއަދު އޮންނަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅާނެ ކަމަށް މިއަދު ވިދާޅުވީ، މި ސަރުކާރުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ކަމަށްވާ ވެންޓިލޭޓަރު ގެނައުމުގައި ކަންތަކުގައި ކޮރަޕްޝަން ހިމެނުމުން އެ މައްސަލަ ތަހިގީގުކޮށް ޕީޖީ އޮފީހަށް ފޮނުވުމުން، އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނިކޮށެވެ.
އެ މައްސަލައިގައި އޭސީސީއަށް ފާޑު ވިދާޅުވި މެމްބަރުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ވެސް ހިމެނެ އެވެ. އެގޮތުން އޭނާ ވިދާޅުވީ، މިހާރު އެއްވެސް ވަރަކަށް އޭސީސީއަށް އިތުބާރު ކުރެވެން ނެތް ކަމަށެވެ.
ހިޔާނާތުގެ މައްސަލަތަށް އޭސީސީއަށް އެކަށީގެންވާ ބާރު މިނެއްގައި ނުބެލޭ ކަމަށް އަބަދުވެސް އެމްޑީޕީގެ މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ. އެގޮތުން އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭސީސީއިން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވަނީ އޭސީސީއަށް ބަލަން އެގެނީ ހަމައެކަނި ކުދިކުދި މައްސަލަތަށް ކަމަށެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މީގެ ކުރިން ވިދާޅުވެފައިވަނީ، އޭސީސީއަށް ހިޔާނާތުގެ ބޮޑެތި މައްސަލަތަށް ނުބެލިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި، ކުޑަަކުޑަ ތަހުގީގެއް ހިންގައިލިޔަސް ސާބިތުވާ ވަރުގެ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެފަދަ މަައްސަލަތައް އޭސީސީން ނުބަލަނީ ގަސްދުގައި ކަމަށް އިންތި ދެކެ އެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަން ނާގާބިލު، ނާގާބިލު،" އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ބަހުސް ކުރައްވަން އިންތި ވިދާޅުވެފައިވެ އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އޭސީސީއަށް ބަހުގެ ހަމަލާތަށް ދެއްވާފަ އެވެ. އެ ބަހުސްގެ ރިޔާސަތު ބަލަހައްތަވަން ހުންނަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ މައްޗަށް ބޮޑު ތަހުގީގެއް ހިންގައި 444ރ. ދައްކަން އޭސީސީން އެންގި ކަމަށާއި އެކަމަކު އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލޭ ކަަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެމްއެެމްޕީއާރުސީގެ މައްސަލަ އަކީ އެކަމުގައި ބައިވެރިވި ބައެއް މީހުންގެ އިއުތިރާފުން ވެސް ސާފުކޮށް އެގެން އޮތް ކަމެއް ކަމަށް ވިޔަސް އެ މައްސަލަ ނުނިމިގެން އުޅެން ޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް