ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ހުއްޓިފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިީހަށް ގަރާރެއް ހުށަހަޅައިފި އެވެ. މި ގަރާރު ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.
ޝިޔާމު އެ ގަރާރު ހުށަހެޅުއްވީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވަ އެވެ. މި ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ ބާއްވާފަ އެވެ.
ގަރާރުގައި ޝިޔާމް ބުނެފައިވަނީ، ނައިފަރުގެ ފެނާއި ނަރުދަމާގެ85 ޕަސަންޓު މަސައްކަތް ނިމިފައިވަނިކޮށް އެ މަސައްކަތް ކުރާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުން ކުއްލި ގޮތަކަށް މިދިޔަ ޖެނުއަރީ މަހު23 ވަނަ ދުވަހު ސަރުކާރުން އުވާލާފައިވާ ކަމަށެވެ.
އެ ގަރާރުގައި ބުނެފައިވަނީ، ފެނާއި ނަރުދަމާގެ 85 އިންސައްތް މަސައްކަތް ނިމިފައި ވަނިކޮށް، އެ މަސައްކަތް ކުރާ ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުން ވަނީ ކުއްލި ގޮތަކަށް މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، ސަރުކާރުން އުވާލާފައި ކަމަށެވެ. އަދި އެ އެއްބަސްވުން ބާތިލު ކުރުމުން، ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަމުން ރަނގަޅު ނަތީޖާއެއް ފެނިފައިނުވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތުމުން، ނައިފަރުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ތަކުލީފުތަކާ ކުރިވަމުންދާ ކަމަށް ގަރާރުގައި ޝިޔާމް ވަނީ ބުނެފަ އެވެ.
ޝިޔާމުގެ ގަރާރުގައި އިތުރަށް ބުނީ، ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސް އެކަމަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތް ކޮށް އަދި ވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭރުގެ ޕްލޭނިން މިނިސްޓަރު އަދި މުހައްމަދު އަސަލަމް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ މަސައްކަތް ދައުލަތުގެ ހިއްސާ އޮންނަ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަން ޝިޔާމް ވަނީ ގަރާރުގައި ފާހަގަކޮށްފަ އެވެ.
ނައިފަރު ފެނާއި ނަރުދަމާގެ މަސައްކަތް ބޭރު ކުންފުންޏަކާ ހަވާލުކޮށްފައިވަނީ2017 ވަނަ އަހަރު އެވެ. އެއީ އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ޓްރެވަނީއާ ކުންފުންޏެވެ.
ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު އެވެ.
ކުންފުންޏާ މަސައްކަތް ހަވާލުކުރިތާ ތިން އަހަރު ވެފައިވާއިރު މަސައްކަތް ކުރިއަށް ގޮސްފައިވަނީ ކުޑަ މިންވަރަކަށެވެ. އޯޕެކް ފަންޑުގެ އެހީ ލިބިގެން ފެށި ނައިފަރުގެ ފެނާއި ނަރުދަމާ މަސައްކަތް ހަވާލު ކުރި ފަހުން ތިން އަހަރުވީއިރު މަސައްކަތް ނިންމާލެވިފައިނުވާތީ އެ ރަށުގެ މަގުތަކުގެ ހާލަތު ދަށްވެފައިވުމުން އެ ރަށު ޒުވާނުން ވަނީ އެކަމާއި ގުޅިގެން ސައިކަލެއް ބުރެއް ބާއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް