ދަރަނބޫދޫ ބަނދަރު މަޝްރޫއުގެ 25 ޕަސެންޓު މަސައްކަތް ނިންމައިފި

ފ. ދަރަނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 25 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ...

20 Oct 2020 | 04:23

ފ. ދަރަނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 25 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިއަހަރުގެ މެއި27 ވަނަ ދުވަހު އެވެ.

އެމްޓީސީސީް ބުނީ މި މަޝްރޫއު ނިމޭއިރު 38،600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ ކަމަށެވެ. 196 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.

އަދި 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 2500 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 38.2 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް