ސައޫދީ ޕާލަމަންޓްގެ ރައީސްގެ ނައިބުގެ މަގާމަށް ކަނބަލެއް

ސައޫދީ އަރަބިއްޔާގެ ޕާލަމަންޓް (ޝޫރާ ކައުންސިލް)ގެ ރައީސްގެ ނައިބުގެ މަގާމަށް ކަނބަލަކު އައްޔަން ކުރައްވައިފި އެވެ. މި މަގާމަށް އައްޔަން ކޮށްފައިވަނީ ޑރ. ހަނާން ބިންތި އަބްދުލް ރާހިމް އަލް އަހްމަދީ އެ...

20 Oct 2020 | 04:03

ސައޫދީ އަރަބިއްޔާގެ ޕާލަމަންޓް (ޝޫރާ ކައުންސިލް)ގެ ރައީސްގެ ނައިބުގެ މަގާމަށް ކަނބަލަކު އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް އައްޔަން ކޮށްފައިވަނީ ޑރ. ހަނާން ބިންތި އަބްދުލް ރާހިމް އަލް އަހްމަދީ އެވެ. މިއީ ޝޫރާ ކައުންސިލްގެ މިހާ އިސް މަގާމަކަށް ކަނބަލަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ޑރ. ހަނާން އަކީ އެ ކައުންސިލަށް އެންމެ ފުރަތަމަ އައްޔަން ކުރެވުނު ކަނބަލާވެސް މެ އެވެ. އޭނާ އެ ކައުންސިލަށް އައްޔަންކޮށްފައިވަނީ 2014 ވަނަ އަހަރުގަ އެވެ. ރައީސްގެ ނައިބުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ.

ޑރ. ހަނާން ވަނީ މިމަގާމަށް އޭނާ އައްޔަން ކުރުމުން އެކަމުގެ ޝުކުރު ރަސްގެފާނު ސަލްމާނަށް ދަންނަވާފަ އެވެ.

އޭނާ ވިދާޅުވެފައިވަނީ އެފަދަ ބޮޑު، ބާރު ގަދަ މަގާމަކަށް ކަނބަލަކު އައްޔަން ކުރުމުން ދޭހަކޮށްދެނީ މިންތީގެ ހަމަހަމަ ކަމަށް ސައޫދީން ގެންގުޅޭ ސިޔާސަތު ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށް ސައޫދީން ކުރާ މަސައްކަތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް