ހަރާމެއް ހަލާލެއް ނުބަލާ ކޮވިޑު ވެކްސިން ދައުރުކުރަން އުޅޭތީ ކަންބޮޑުވޭ: އިންޑޮނޭޝިޔާގެ ރައީސް

ހަރާމެއް ހަލާލެއް ނުބަލާ އިންޑޮނޭޝިޔާއިން ކޮވިޑް ވެކްސިން އަވަހަށް ކަށަވަރުކުރަން އުޅުމަކީ ގޯހެއް ކަމުގައި އެ ގައުމުގެ ރައީސް ޖޯކޯ ވިދޯދޯ ވިދާޅުވެއްޖެއެވެ. ވިދޯދޯ މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަ...

20 Oct 2020 | 02:04

ހަރާމެއް ހަލާލެއް ނުބަލާ އިންޑޮނޭޝިޔާއިން ކޮވިޑް ވެކްސިން އަވަހަށް ކަށަވަރުކުރަން އުޅުމަކީ ގޯހެއް ކަމުގައި އެ ގައުމުގެ ރައީސް ޖޯކޯ ވިދޯދޯ ވިދާޅުވެއްޖެއެވެ.

ވިދޯދޯ މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.

ވިދޯދޯ މިހެން ވިދާޅުވެފައިވާއިރު އެ ގައުމުން އަންނަނީ ޗައިނާގެ ދެ ކުންފުންޏަކުން 150 މިލިޔަން ވެކްޝިން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް އެ ގައުމުން ކުރަމުން އަންނަނީ ސިއްހީ މާހިރުންގެ އިރުޝާދަށެވެ.

ނަމަވެސް 2018ގައި އެފަދަ ގޮތަކަށް އަވަސް އަރުވާލައިގެން ގެނައި މީސަލް ވެކްސިނަކީ ހަރާމް ވެކްސިނެއް ކަމުގައި އެގައުމުގެ އުލެމާ ކައުންސިލުން ނިންމާ އެކަމާ ދެކޮޅަށް ފަތުވާ ނެރެ އެ މައްސަލަ ބޮޑުވެގެން ގޮސްފައިވާއިރު މިފަހަރު އަވަސް އަރުވާލާފައި ވެކްސިނެއް ގެނަޔަސް ގެންނަންވާނީ ހަލާލުތޯ ހަރާންތޯ ކަށަވަރު ކުރުމަށް ފަހުގައި ކަމުގައި ވިދޯދޯ ވިދާޅުވެއެވެ.

276 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާއަކީ ދުނިޔޭގައި މުސްލިމް އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް