ވަރުން ދަވަނަށް ރާއްޖެއިން މާ މީރު ޕާނެއް ކެވިއްޖެ !

ބޮލީވުޑް ބަތޮލު ވަރުން ދަވަން، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި އެންމެ ގަދައަށް ކަވަރު ކުރަމުން އަންނަނީ ވަރުން ދަވަންގެ މި ވެކޭޝަންގެ ހަބަރުތަކެވ...

20 Oct 2020 | 01:05

ބޮލީވުޑް ބަތޮލު ވަރުން ދަވަން، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި އެންމެ ގަދައަށް ކަވަރު ކުރަމުން އަންނަނީ ވަރުން ދަވަންގެ މި ވެކޭޝަންގެ ހަބަރުތަކެވެ. އެއީ އޭނާގެ ކެރިއަރުގައި އިއްޔެއަކީ ފިލްމީ ދާއިރާގައި އަށް އަހަރު ފުރުނު ދުވަސްކަމަށްވުމުންވެސް ކަމުގައިވެސް އެކަށީގެންވެއެވެ.

ކޮންމެއަކަސް ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ވަރުން އަށް މިވަނީ ރާއްޖެއިން މާ މީރު ޕާނެއް ކެވިފައެވެ.

އިންސްޓަގްރާމް ސްޓޯރީން ފެންނަ ފޮޓޯއެއްގައި ޕާނެއް އަނގަޔަށް ލައިގެން ހުރެ ވަރުން ބުނެފައިވަނީ "ދަ ބެސްޓް ގްލޫޓަން ފްރީ ބްރެޑް އައި އެވަރ ހޭޑް" ކަމަށެވެ.

ވަރުންގެ މި ޕާނެއްގެ ހަބަރުވެސް ބޮލީވުޑް ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފައިވާއިރު އިއްޔެ އެ ނޫސްތަކުން ގެނެސްދީފައިވާ ހަބަރެއްގައި އޮތީ ވަރުން ދަވަން އަށް ރާއްޖެއިން "ބިޓެއް"ގެ ބަދަލުގައި "ރެބިޓެއް" ސެޓްވި ވާހަކައެވެ. ރަހުމަތްތެރިއެއްގެ ގޮތުގައި މުސަޅެއް ލިބުނު ވާހަކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް