މިހާތަނަށް ދުނިޔޭގެ ފުޓްބޯޅަ ތާރީޚް ދުއް އެންމެ މޮޅު ކުޅުންތެރިންތަކުގެ ތެރޭގައި ޕޯޗުގަލްއާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑީ ހިމެނޭނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. ދުނިޔޭގެ ފުޓްބޯޅަ އަށް ބޮޑު އިންގިލާބެއް ގެނުވި ރޮނާލްޑޯ އަކީ މިހާރުވެސް ދަނޑުމަތީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން ގިނަ ބަޔަކު އޭނާ ސިފަކޮށްފައިވަނީ އިދިކޮޅު ޓީމުތަކުގެ ފަހަތަށް އެންމެ ނުރައްކާތެރި އިދިކޮޅު ގޯލު ފޫއަޅުވާލާ ގޯލް މެޝިނެއްގެ ގޮތުގައެވެ.
ފުޓްބޯޅައިގެކެރިއަރު ފެށި ފަހުން މިހާތަނަށް ގިނަ ރެކޯޑް ތަކެއް މުގުރަމުން ގިނަ ޓްރޮޕީތަކަކާއި ގިނަ ވަނަތަކެއް ހާސިލް ކުރަމުން އަންނަ އުމުރުން 35 އަހަރުގެ ރޮނާލްޑޯ ވަނީ އޭނާގެ ސަޕޯޓަރުންނަށް ވަރަށް ހިތްދަތި މެސެޖެއް ދީފައެވެ. ރޮނާލްޑޯގެ މި މެސެޖަކީ ފުޓްބޯޅައިގެ ދުނިޔެއަށް ވެސް ހައިރާން ކަމެއް ގެނުވާނެ މެސެޖަކަށް ވާނެއެވެ. ރޮނާލްޑޯގެ އެ މެސެޖަކީ އޭނާ ބައިނަލްއަގުވާމީ ފުޓްބޯޅައާއި ދުރައް ޖެހިލަން ނިންމާ އެކަން އިއުލާން ކުރި ވާހަކައެވެ.
ރޮނާލްޑޯ ވަނީ 2022 ގައި ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރާނެ ކަމަށް ހާމަކޮށްފައެވެ.
"2022 ގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ އަހަރެންގެ އެންމެ ފަހުގެ ބައިނަލްއަގުވާމީ މުބާރާތް. އެހިސާބުން އެ ނިމުނީ. ދެން އިތުރަކަށް ޕޯޗުގަލްގެ ގައުމީ ޖާޒީގައި ނުފެންނާނެ" ރޮނާލްޑޯގެ މެސެޖުގައި ބުނެފައިވެއެވެ.
ޔަގީނުންވެސް ރޮނާލްޑޯގެ މި ނިންމުމަކީ އޭނާގެ ސަޕޯޓަރުންނަށް އެހާ ހިއްހަމަ ޖެހޭ މެސެޖަކަށް ނުވާނެއެވެ. ސަޕޯޓަރުންގެ އުންމީދަކީ ރޮނާލްޑޯ އަދިވެސް ގިނަ އަހަރުރަކެއް ވަންދެން ފުޓްބޯޅައިން ދުރައް ނުގޮސް ހުރުމެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅައިން ދުރައް ޖެހިލަން ވިސްނި ނަމަވެސް ރޮނާލް ވަނީ ކުލަބު ފުޓްބޯޅައިގައި ދެމި ހުންނާނެ ކަމަށް ބުނެފައެވެ. އެގޮތުން އުރުން40 އަހަރު ވިޔަސް ކުލަބު ފުޓްބޯޅައިގައި ދެމިހުންނާނެ ކަމަށް ރޮނާލްޑޯ ވަނީ މީގެ ކުރިން ބުނެފައެވެ.
ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ފަސް ފަހަރެއްގެ މަތިން ވަނީ ހޯދާފައެވެ. ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް